އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާތަކަކަށް އަމިއްލައަށް އިއުތިރާފުވެ ވަޑައިގެންފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މާލެއިން ހުޅުމާލެއަށް ދިރިއުޅުއްވުން ބަދަލު ކުރައްވައިފިއެވެ.
އެމްއެމްޕީއާރްސީ ހިޔާނާތުގައި ބައިވެރިވިކަމަށް އަދީބު އިއުތިރާފްވުމުން ދައުލަތުން އުފުލި ހަތް ދައުވާ ސާބިތުވެއްޖެކަމަށް ޝަރީއަތުން ކަނޑައަޅައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބު ގޭބަންދަށް ބަދަލުކުރެއްވީ އޭނާގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް ކަމަށް ނުނެ ކަރެކްޝަންސްއިން އިންނެވެ.
ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ މާލޭގައި އަދީބު ހުޅުމާލޭގެ އަމީން އެވެނިއުގެ ފްލެޓަކަށް ބަދަލުވެވަޑައިގެންފައިވާ ކަން ކަށަވަރު ކުރެވިފައިވެއެވެ. އަދީބު ދިރިއުޅުއްވާ ތަނުގެ ސެކިއުރިޓީ ކަރެކްޝަންސް އިން ދަނީ ބަލަމުންނެވެ.
މި މައްސަލައިގައި ޖަލު ހުކުމް އިއްވާފައިވާ އަދީބު ގޭބަންދުގައި ހުންނަވާތީ ސަރުކާރަށް އަމާޒުވާ ފާޑުކިއުން ދަނީ ގިނަ ވަމުންނެވެ.

