ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި ޕިކްޕޯސްޓް ސްޓޭޝަނެއް ހުޅުވައިފި

ގްރޭޓަރ މާލެ ބަސް ޓަރމިނަލް -- ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން ރޭޓާ މާލޭ ބަސް ޓާމިނަލްގައި “ޕިކްޕޯސްޓު”ގެ ސްޓޭޝަނެއް ހުޅުވައިފި އެވެ.

ޕޯސްޓުން ބުނީ ޕޯސްޓް މެއިލް ޑެލިވަރީގެ ނިޒާމު އިތުރަށް ތަރައްގީކޮށް ޒަމާނީ ކުރުމުގެ ގޮތުން އަލަށް ތައާރަފުކުރި ޕިކްޕޯސްޓާއެކު ޖުމްލަ ޕިކްޕޯސްޓު ސްޓޭޝަންގެ އަދަދު މިހާރު ހަތަރަކަށް އަރާފައިވާ ކަމަށެވެ.

ޕިކްޕޯސްޓުގެ ހިދުމަތަކީ ރައްކާތެރިކަމާއި އިތުބާރާއެކު ޕޯސްޓަލް ޕެކޭޖް ރައްދުކުރުމަށްޓަކައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސްޓޭޝަންތަކެއް ކަމަށް ޕޯސްޓުން ބުނެއެވެ.

ޕިކްޕޯސްޓުގެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ރާއްޖެއަށް ވަންނަ މެއިލްގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަން ކަމަށް ޕޯސްޓުން ބުންޏެވެ.

ޕޯސްޓުން އިތުރަށް ބުނީ ގިނަ ރައްޔިތުންގެ ޕޯސްޓުގެ ހިދުމަތް ބޭނުންކުރާތީ އާންމުންގެ ބޭނުމާ އެއްގޮތަށް ހިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ. އެގޮތުން މާލޭގެ އިތުރު ދެ ސަރަހައްދެއްގައި ޕިކްޕޯސްޓުގެ ހިދުމަތް ތައާރަފުކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: