ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޕެޝަލް އަދި ބިޒްނެސް ވިސާގައި ތިބޭ ބިދޭސީންނަށް ވޯކް ވިސާ ދޫކުރަނީ

ޖުމުހޫރީ މައިދާނުގައި މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕެޝަލް އަދި ބިޒްނެސް ވިސާގައި ތިބޭ ބިދޭސީންނަށް ވޯކް ވިސާ ދޫކުރަން ނިންމައިއެވެ.

އިމިގްރޭޝަނުން ކުރި އިއުލާނެއްގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ފުރައިގެން ނުދެވިފައި ތިބި ބިދޭސީންނަށް އެމްޕްލޯއީމަންޓް އެޕްރޫވަލްގެ ދަށުން ވޯކް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެެވެ.

މިގޮތަށް ވިސާ ދޫކުރާނީ ބިޒްނެސް އަދި ސްޕެޝަލް ވިސާގައި ރާއްޖެ އައިސް ފުރައިގެން ނުދެެވި ތިބި ބިދޭސީންނަށް އެެކަނި ކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެެވެެ.

ވޯކް ވިސާ ދޫކުރާނީ މިހާރު އޮތް ވިސާގެ މުއްދަތު ހަމަނުވާ ނަމަ އެކަންޏެެވެ.

މި ވިސާ ދޫކުރެވޭނީ މި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ރާއްޖެ އެތެރެވެފައިވާ ބިދޭސީންނަށާއި، ސްޕެޝަލް ވިސާގެެ ދަށުން އެތެރެވެ ވަޒީފާއެއް އަދާކުރަމުން އަންނަ ފަރާތްތަކަށް ކަމަށް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. މީގެ ތެރޭގައި ކްލަބް، އެސޯސިއޭޝަން އަދި ޖަމިއްޔާތަކުން ގެނެސްފައިވާ ބިދޭސީން ހިމެނެެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: