ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މިންވަރު ދެނެގަތުމަށް ސާވޭއެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވާ މިންވަރު ދެނެގަތުމަށް ސާވޭއެއް ފަށައިފިއެވެ.

“މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ”ގެ ނަމުގައި ފެށި މި ސާވޭއާ ގުޅިގެން ޕްލޭނިން މިނިސްޓްރީން ބުނީ، މި ސާވޭގެ މަސައްކަތް ރާއްޖޭގެ އެކި އަތޮޅުތަކުން ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 28 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.

އެއީ ބޯހިޔާވަހިކަން ބޭނުންވާ މިންވަރާއި، ގޯތި ގެދޮރުގެ މިލްކިއްޔާތު ލިބުމުގައި ދެކޭގޮތާއި ކުއްޔަށް އުޅޭ ފަރާތްތަކަށް ލުއި ފަސޭހަ މަގެއް ދެނެގަތުމަށާއި ސަރުކާރުގެ ފަރާތުން އިތުރު އެހީ ބޭނުންވާ ހާލަތެއްގައި ދެވޭނެ ގޮތްތައް ދެނެގަތުމަށް ކުރިއަށް ގެންދާ ދިރާސާއެއް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އެ ދިރާސާއިން ހޯދާ މައުލޫމާތުގެ ތެރެއިން ޝާއިއު ކުރެވޭނީ، ދިރާސާގައި އެއްކުރެވޭ މައުލޫމާތުގެ ޖުމުލަ އަދަދުތަކަށް ބިނާކޮށް ހޯދޭ ހޯދުންތައް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. ދިރާސާގެ ބައިވެރިންގެ ޒާތީ އެއްވެސް މައުލޫމާތެއް ޝާއިއު ނުކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި ސާވޭ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ފޯން ސާވޭއަކާއި އަދި ކަމާ ގުޅުން ހުރި ފަރާތްކާއެކު ކުރެވޭ މަޝްވަރާތަކެއްގެ އެހީގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މި ސާވޭއަކީ މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އަދި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސާވޭކުރުމުގެ ހުއްދަ ލިބިގެން ކުރިއަށް ގެންދާ ސާވޭއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: