ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު މަހުގެ އާމްދަނީ ވަރަށް ބޮޑުތަނުން ދަށަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ އާމްދަނީ 59.9 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ނޮވެމްބަރު މަހު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 461.49 މިލިއަން ރުފިޔާއެވެ. މީގެ ތެރޭގައި އާމްދަނީގެ ގޮތުގައި ލިބުނު 11.26 މިލިއަން ޑޮލަރު ހިމެނެއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު 59.9 އިންސައްތަ ދަށް އަދަދެކެވެ. ދައުލަތަށް ލިބުނު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ކޮވިޑް-19އާއި ގުޅިގެން އައި އިގްތިސާދީ ލޮޅުމާއި ގުޅިގެންނެވެ. ކޮވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކޮށް ފަތުރުވެރިން އައުން ހުއްޓާލުމާއިއެކު އިގްތިސާދީ ހަރަކަތާތްތައް މަޑުޖެހި، ފަތުރުވެރިކަމުގެ ދާއިރާއިން ލިބެމުންދާ ޓެކްސް ލިބުނު މިންވަރު ދަށްވެފައިވާކަން ނޮވެމްބަރު މަހުގެ ރެވެނިޔު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޖުމްލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ޖީއެސްޓީއެވެ. އާމްދަނީގެ 66.9 އިންސައްތަ ހިއްސާކުރަނީ ޖީއެސްޓީއެވެ. އާމްދަނީގެ 9.1 އިންސައްތައަކީ އިންކަމް ޓެކްސްއެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. ޑޮލަރުން ލިބުނު އާމްދަނީގެ 75.4 އިންސައްތަ ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. ގްރީން ޓެކުހުގެ ގޮތުގައި އާމްދަނީގެ 9.5 އިންސައްތަ ވަނީ ލިބިފައެވެ.

މިއަހަރުގެ ނޮވެމްބަރު މަހު ޓެކުހުގެ އާމްދަނީގެ ގޮތުގައި 385.9 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ. ނޮން-ޓެކްސް ރެވެނިޔުގެ ގޮތުގައި 75.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓެކުހުގެ އާމްދަނީގެ ގޮތުގައި 849 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 301.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގ ނޮވެމްބަރު މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 461.5 މިލިއަން ރުފިޔާ ލިބުނުއިރު 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު އާމްދަނީގެ ގޮތުގައި 1.15 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: