ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލިފަހުން ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓް ރިކޯޑެއް!

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ރިކޯޑް އަދަދަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފްލައިޓްތައް ޖައްސައިފިއެވެ.

ވީއައިއޭ އޮޕަރޭޓްކުރަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް(އެމްއޭސީއެލް)އިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިހަފްތާގެ އާދިއްތަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން އެއާ ޓްރެފިކް މޫވްމަންޓް ވަނީ ރިކޯޑް އަދަދަކަށް ރެކޯޑް ކުރެވިފައެވެ.

އާދިއްތަ ދުވަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 578 އެއާ ޓްރެފިކް މޫވްމަންޓް ވަނީ ރެކޯޑް ކުރެވިފައެވެ. އަދި 5845 ފަސިންޖަރުން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެކުރިން، ބޯދަރު ހުޅުވާލިފަހުން ރިކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ދުވަހެއްގެ ގޮތުގައި ފާހަގަކުރެވުނީ ޑިސެމްބަރު 12 ގައެވެ. އެދުވަހު 405 އެއާ ޓްރެފިކް މޫވްމަންޓް ރިކޯޑް ކުރެވިފައިވާއިރު، އެ ދުވަހު 4179 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހާއި އަޅާ ބަލާއިރު މި ހަފްތާގެ އާދިއްތަ ދުވަހު، އެއާ ޓްރެފިކް މޫވްމަންޓް 42 އިންސައްތަ ވަނީ އިތުރުވެފައެވެ. އަދި ފަސިންޖަރުންގެ ނިސްބަތް 39 އިންސައްތަ ވަނީ އިތުރުވެފައެވެ.

ފަތުރުވެރިން އަންނަ ނިސްބަތް އިތުުރުވާން ފަށާފައިވާއިރު، ޑިސެމްބަރު 17 ވަނަ ދުވަހު ވަނީ މުޅި މި އަހަރުގެ ޖުމްލަ ފަސްލައްކަވަނަ ފަތުރުވެރިޔާ އައުން ފާހަގަކޮށްފައެވެ. އަދި ބޯޑަރު އޭގެ ދުވަސްކޮޅެއް ކުރިން، ބޯޑަރު ހުޅުވާލުމަށްފަހު އެއްލައްކަވަނަ ފަތުރުވެރިޔާ އައުންވެސް ވަނީ ފާހަގަކޮށްފައެވެ. އަހަރު ނިމެން ކުރިއަށް އޮތް ދުވަސްތަކުގައި އެކަނިވެސް ރާއްޖެއަށް 40،000އެއްހާ ފަތުރުވެރިން އަންނާނެކަމަށް ޓުއަރިޒްމް މިނިސްޓްރީއިން ލަފާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: