ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ލޯންޑަރިންގެ ތުހުމަތުކުރަނީ ސިޔާސީ މަންފާއަކަށް: ޝަޒައިލް

ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑަރިންގެ ތުހުމަތު ކުރަނީ ސިޔާސީ މަންފާއަކަށް ކަމަށް މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝަޒާއިލްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކޮރަޕްޝަންގެ މައްސަލައިގެ ތަހްޤީޤުގެ ތެރެއިން ކަމަށް އޭސީސީން ހާމަކުރެއެވެ. އޭސީސީ އިން ފުލުހުންނަށްށ ވަނީ އެމައްސަލަ ތަހުގީގުކުރުމައް ފޮނުވާފައެވެ.

އެކަމާ ގުޅިގެން ޝަޒައިލް ވިދާޅުވީ އޭނާގެ މައްޗަށް ކުރެވުނު ކަރަޕްޝަންގެ ތުޙުމަތު ސާބިތު ނުވުމުން ސިޔާސީ ތުޙުމަތެއް ގޮތަށް މަނީލޯންޑަރިންގެ ތުޙުމަތެއް ބޮލުގައި އެޅުވުމަކީ ތާކުންތާކު ނުޖެހޭ އަދި ބަލައިގަނެވޭނެ ކަމެއް ނޫން. ކަމަށެވެ.

އޭސީސީން ދަނީ ޝަޒާއިލްގެ މައްޗަށް ތުހުމަތު ކުރެވޭ، ފައިސާގެ މުޢާމަލާތް ހިންގުމުގައި އޮޅުވާލި މައްސަލައަކާއި މުވައްޒަފުން ނެގުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރި މައްސަލައަކާއި މަރާމާތުގެ މަސައްކަތެއްގައި ހިންގި ކޮރަޕްޝަންގެ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: