ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްއަށް އިތުރު ބަދަލުތަކެއް، ދެވަނަ ސްޓްރެއިންއެއް ވެސް ވަނީ ފާހަގަވެފައި!

ކޮވިޑުގެ އާ ސްޓްރެއިންއާއި ގުޅިގެން ގައުމުތަކުން ދަނީ ފިޔަވަޅުތައް ވަރުގަދަ ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރެއްހާ ދުވަހު ބޮޑު ބަންދެއްގައި ތިބުމަށްފަހު، ކޮވިޑު ބައްޔާއި ދެކޮޅަށް ވެކްސިނެއް ލިބި އަލުން ދިރިއުޅުމުގެ ދުވަސްތަކާއިގެން ކުރިޔަށް ދެވެން އޮތް ކަމުގެ އުންމީދު ލިބުނުތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. އެތައް މަސައްކަތްތަކަށް ފަހު ބައްޔާއި ދެކޮޅަށް ވެކްސިނެއް ލިބި، ގައުމުތަކުގައި ވަނީ ވެކްސިން ޓްރައިއަލް ފަށާފައެވެ. އަދި އެހެން ގައުމުތަކުން ދަނީ އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

މީޑިއާތަކުގައި މިހާރު އެންމެ ބޮޑަށް އަނެއްކާވެސް ދެކެވޭ ވާހަކައަކީ، ކޮވިޑުގެ އާ ސްޓްރެއިން އާއި ގުޅޭގޮތުންނެވެ. އަދި މި އާ ސްޓްރެއިން އަކީ، ކޮވިޑް-19 އަށްވުރެ 70 އިންސަތަ އަވަސް މިނެއްގައި ފެތުރޭކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ދައްކައެވެ.

އާ ވައިރަހުގެ ތަހުލީލުތައް ކުރިޔަށްދާއިރު، މިއީ ކޮވިޑް-19 އަށް ވުރެ ނުރައްކާ ބައްޔެއްކަމުގެ ހެއްކެއް އަދި ނެތެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ވޯލްޑް ހެލެތް އޯގަނައިޒޭޝަންއަށް، އާ ކޮވިޑު ވޭރިއެންޓާއި ބެހޭ ކޭސްތަކެއް އިނގިރޭސިވިލާތުގެ އިދާރާތްތަކުން ރިޕޯޓުކޮށްފައިވަނީ ޑިސެމްބަރު 14 ގައެވެ. އަދި ލަންޑަންގެ ބައެއް ހިސާބުތައް ތިންވަނަ ފަހަރަށް ލޮކްޑައުން ކުރުމާއި، އެކު ބައެއް ގައުމުތަކުން ވެސް ވަނީ އެ ގައުމަށް ދަތުރުކުރުމުގައި ފިޔަވަޅުތަކެއް އަޅާފައެވެ.

ކޮވިޑާއި އެކު ސިލްސިލާ ބައްދަލުވުންތަކެއް ކުރިޔަށް ގެންދާ ޑަބްލިއުއެޗްއޯގެ ޕްރެސްގައި އެ އިދާރާއިން ބުނެފައިވަނީ އާއްމުގޮތެއްގައި ނުފެންނަ ބަލިތަކެއް ފެތުރޭއިރު އޭގެ އާ ސްޓްރެއިންތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އާ ވޭރިއެންޓްގެ ސަބަބުން ޑެތް ރޭޓުތަކަށް އެއްވެސް ބަދަލެއް އައިކަމެއް އަދި ފާހަގައެއް ނުކުރެވެއެވެ.

އިތުބާރު ހިފޭ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އިނގިރޭސިވިލާތުން ފެނުނު ކޮވިޑުގެ އާ ސްޓްރެއިން މިހާރު ވަނީ އެފްރިކާއިން ވެސް ފެނިފައެވެ. އެފްރިކާގެ ސެންޓާރ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން ބުނެފައިވާ ގޮތުން މިއީ އެމެރިކާއިން ފެނުނު ސްޓްރެއިން އާއި ތަފާތު ލައިންއޭޖެކެވެ.

ބޭރު ދުނިޔޭގެ ހަބަރުތައް ގެނެސްދޭ ދަ ގާޑިއަން ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ކޮވިޑުގެ އާ ސްޓްރެއިން އެފްރިކާގައި ބާރު ސްޕީޑެއްގައި ފެތުރުމުގެ ފުރުސަތު އެބައޮތެވެ. ހާއްސަކޮށް ޒުވާން އުމުރުގެ މީހުންނަށް ބަލީގެ އަސަރު ބޮޑަށްކޮށްފާނެ ކަމަށް އެ ގައުމުގެ ސައިންސްވެރިން ވަނީ ބުނެފައެވެ. އަދި މީގެ ކުރިން ކޮވިޑު ޖެހި، ކޮވިޑުން ރަނަގަޅުވެފައިވާ މީހުންނަށް ވެސް ބަލި ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އާ ވޭރިއެންޓާއި ގުޅޭ ތަހުލީލުތައް ކުރިޔަށްދާއިރު، ބައްޔަށް ފަރުވާ ދޭން ވަކި ގޮތަކަށް އަމަލު ކުރަންޖެހޭކަން، ނުވަތަ އަލާމާތްތަކަށް އެއްވެސް ބަދަލުތަކެއް ނާދެއެވެ.

މީގެ އިތުރުން ބުރާފަތި ދުވަހު ސިންގަޕޫރުން ވެސް ވަނީ އާ ސްޓްރެއިންގެ ކޭސްއެއް ފެނިފައެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުން މިއީ ނޮވެމްބަރު 17 އާއި ޑިސެމްބަރު 17 އާއި ދެމެދުގެ ދުވަސްތަކުގައި ސިންގަޕޫރަށް އައި މީހުންގެ ތެރެއިން ޕޮޒިޓިވް ވި 31 މީހުންގެ ތެރެއިން އެކަކެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހާއަކީ، ޔޫކޭގައި ތައުލީމް ހާސިލް ކުރަމުންދާ 17 އަހަރުގެ ކުއްޖަކާއި އެކީ ދިރިއުޅެމުން އައި މީހެއް ކަމަށް ވެސް އެ ގައުމުގެ ސިއްހީ އިދާރާއިން ވަނީ ބުނެފައެވެ.

އާ ވޭރިއެންޓް ފެނިފައިވާކަން ރިޕޯޓުކުރި އިތުރު ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޑެންމާކް، އިޓަލީ، އަދި ނެދަލޭންޑްސް އެވެ.

ތަހުލީލުތައް މިހާރު ކުރިޔަށް ދަނީ، ދެވަނައަށް ފެނުނު ސްޓެރެއިން އާއި، އެފްރިކާގެ ސްޓްރެއިންގެ ގުޅުމެއް ވޭތޯ ބެލުމަށެވެ.

ރާއްޖެއިން ވެސް ދަނީ އާ ސްޓްރެއިންއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރަމުންނެވެ. އެގޮތުން އެޗްއީއޯސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖެއިން ފިޔަވަޅުތައް ހަރުދަނާ ކުރަން މަޝްވަރާކުރަމުން ދާ ކަމަށެވެ.

ޑރ. ނަޒްލާ ވަނީ ރާއްޖެއިން ފެންނަ ކޮވިޑުގެ ކޭސްތައް ވަރަށް ބޮޑުތަނުން ދަށްވީ ނަމަވެސް، ރައްކާތެރިވުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ސްޓްރެއިން ފަސޭހައިން ފެތުރުނަސް ވައިރަހާ ދެކޮޅަށް މިހާރު އުފައްދާފައިވާ ވެކްސިން މި ސްޓްރެއިންއާ ދެކޮޅަށް ބޭނުންކުރެވޭނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: