ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލިފަހުން ވީއައިއޭއަށް އެންމެ ބާރު ބޮޑުވާނީ މިއަދާއި މާދަމާ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާއި ގުޅިގެން ބޯޑަރު ބަންދުކޯށްފައި އޮތުމަށްފަހު، އަލުން ހުޅުވާލިފަހުން ޑިސެމްބަރު 26 އާއި 27އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެންމެ ބާރުބޮޑު ވާނެ ދެދުވަސްކަމަށް އެއާޕޯޓް އޮޕަރޭޓް ކުރަމުންދާ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ބުނެފިއެވެ.

އެމްއޭސީލްއިން ބުނީ އެންމެ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އަންނާނެކަމަށް ބެލެވެނީ މިއަދާއި މާދަމާ ކަމަށެވެ. ގިނަ އަދަދެއްގެ ފްލައިޓްތައް މި ދެދުވަހު އައުމަށް ހަމަޖެހިފައިވާއިރު، މިފްލައިޓްތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން އަންނާނެކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

އެމްއޭސީއެލްއިން ބުނީ އެއާޕޯޓުގެ އޮޕަރޭޝަންތައް އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް އެއާޕޯޓު އޮތީ ތައްޔާރަށްކަމަށެވެ.

ބޯޑަރު ހުޅުވަލިފަހުން “ނިއު ނޯމަލް” އޮަޕަރޭޝަންތައް ކުރިއަށް ގެންދަމުންދާއިރު، ފަތުރުވެރިންނަށްް އެއާޕޯޓުނ ނުނިކުމެވި ގިނަ ވަގުތު ހޭދަކުރަން ޖެހުމުގެ ޝަކުވާތައް ފަތުރުވެރިންނާއި ރިޒޯޓު އަދި ގެސްޓްހައުސް ފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ކޮށްފައެވެ. އެހެންނަމަވެސް، ގެނެވުނު ބައެއް ބަދަލުތަކާއެކު މިހާރު ޕެސެންޖަރ ކްލިއަރަންސްއަށް ގިނަ ވަގުތު ނުނަގާނެކަމަށް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

ބޯޑަރު ބަންދުކޯށްފައި އަލުން ހުޅުވާލުމަށްފަހު، ފަތުރުވެރިން އަންނަ މިންވަރު އިތުރުވަމުންދާއިރު، ބޯޑަރު ހުޅުވާލިފަހުން އެއްލައްކަވަނަަ ފަތުރުވެރިޔާ އައުން ވަނީ ފާހަގަކޮށްފައެވެ. އަދި މުޅި އަހަރުގެ ފަސްލައްކަ ވަނަ ފަތުރުވެރިޔާ އައުން ވެސް ވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމާއި އެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ޖުމްލަކޮށް ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް އަންނާނެކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. އެހެންނަމަވެސް، ފަތުރުވެރިން އަންނަ އަދަދު އިތުރުވިޔަސް، ރިސޯޓުތަކުގެ ޕެކޭޖްތަކާއި އެނދުތަކުގެ އަގު ވަރަށް ބޮޑަށް ދަށްކޮށްފައިވާ ކަމަށާއި އަދި ފަތުރުވެރިން ރާއްޖެ އައުމަށްފަހު ހޭދަކުރާ ވަގުތުވެސް ކުރިއަށްވުރެ މަދުކަން ފަތުރުވެރިކަމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: