ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮސްޓާ އެމްޑީޕީ މެމްބަރުންނަށް: ރަސޫލާއަށްވުރެ ބޮޑަށް ނަޝީދުދެކެ ލޯބިވީމަ ވާނީ މިހެން!

ރައީސް މުހައްމަދު ނަޝީދާއި، ނޮޅިވަރަން ދާއިރާގެ މެމްބަރު ނަޝިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާތް ﷲ އާއި އެކަލާންގެ ރަސޫލާއަށް އޮންނަ ލޮތްބަށް ވުރެ އެމްޑީޕީ މެމްބަރުން ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް އޮންނަ ލޯބި ބޮޑުކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެމްޑީޕީ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މެމްބަރު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މުޅި ދުނިޔެ އެންމެން ނުކުމެ ހަރާމް ކަމެއް ހަލާލު ކުރުމަށް ވަކާލާތު ކުރިޔަސް އެކަން ނުވާނެ ކަމަށެވެ. ރައީސް ނަޝީދުގެ ދިފާއުގައި އެމްޑީޕީގެ މެމްބަރުން، އިޔާޒަށް ބަހުގެ ހަމަލާތަކެއް މިސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރެއް ޕޯސްޓްކުރައްވައި މެމްބަރު ނަޝީދު ވިދާޅުވީ މާތް ﷲ އާއި އެކަލާންގެ ރަސޫލާއަށް އޮންނަ ލޮތްބަށް ވުރެ ޕާޓީގެ ރައީސްއަށް އޮންނަ ލޯބި ބޮޑުވުމުން ނިކުންނާނެ ނަތީޖާއަކީ މިއީ ކަމަށެވެ.

ކްރިސްޓިއަނުން ފާހަގަކުރާ އެ މީހުންގެ ޙާއްސަ ދުވަހެއްގެ ތަހުނިޔާ ރައީސް ނަޝީދު ފޮނުވުމުން އެމަނިކުފާނަށް ގިނަ ދީނީ އިލްމުވެރިންނާއި އާންމު ރައްޔިތުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އަދި ރައިސް ނަޝީދުގެ ދިފާއުގައި އެމްޑީޕީ ޕީޖީ މެމްބަރުންނާއި، ލީޑާޝިޕްގެ ބޭފުޅުން ޓްވީޓު ކުރައްވަމުން ގެންދަވާއިރު ރައީސް ނަޝީދު އަންނަނީ އެ ޓުވީޓުތައް ރީޓުވީޓް ކުރައްވަމުންނެވެ.

ރައީސް ނަޝީދުގެ ދިފާއުގައި އެންމެ ފުރަތަމަ ޓުވީޓުކުރެއްވީ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ. ޑރ. އިޔާޒަށް އަމާޒުކޮށް ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ޑރ. އިޔާޒް ހެއްދެވީ ގޯހެއް ކަމަށެވެ. ރައީސް ނަޝީދަކީ ފުރިހަމައަށް އިސްލާމްދީން ގަބޫލުކޮށްގެން އުޅޭ މީހެއް ކަމަށާއި ދީނުގެ އަދުއްވުން ކަނޑައެޅޭނީ ގާނޫނުން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ޑރ އިޔާޒަކީ ދީނީ އެއްބައިވަންތަކުގެ ގާނޫނާއި ޚިލާފު ވެވަޑައިގެން ހުންނެވި ބޭފުޅެއްކަމަށް އާޒިމް ވިދާޅުވިއެވެ.

ޑރ. އިޔާޒަކީ ރައީސް ނަޝީދަށް މިކަމުގައި ފާޑު ވިދާޅުވި ބޭފުޅުންގެ ތެރެއިން އެއް ބޭފުޅާއެވެ. އެހެންނަމަވެސް، އިޔާޒު ރައީސް ނަޝީދަށް ބަސް ބުނެފައިވަނީ ނުސީދާ ގޮތަކަށެވެ. އިޔާޒު ވިދާޅުވީ އިސްލާމް ދީނާއި އިދިކޮޅު ދީނެއްގެ އަގީދާ ގަބޫލުކުރާ ބަޔަކު ފާހަގަކުރާ ދުވަހެއްގެ ތަހުނިޔާ ކިޔުމުން އެކަމުން ދޭހަވަނީ މައިންބަފައިން ދަސްކޮށްީފައިވާ އިސްލާމްދީނަށް އެއްވެސް ލޯތްބެއް ނެތްކަން ކަމަށެވެ. އަދި އެއީ އިސްލާމް ދީނުގެ އަދުއްވެއް ކަމަށާއި ދިވެހި ރައްޔިތުން އޭނާއާ މެދު ސަމާލުވާން ޖެހޭ ކަަމަށް އިޔާޒް ވިދާޅުވިއެވެ.

ކްރިސްޓިއަނުން ފާހަގަކުރަމުން އަންނަ ދުވަހުގެ ތަހުނިޔާ، މުސްލިމުން ކިޔުމާއިމެދު އިލްމުވެރިންގެ މެދުގައިވެސް ޚިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގައި އުޅުއްވާ ދީނީ އިލްމުވެރިންގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދީނީ އިލްމުވެރިންވެސް ހިމެނެއެވެ.

ވަރަށް ގަދަ
31%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 69%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކެނެރީގޭފާދިރީ ރައްބުއަށާއި ރަސޫލާއަށް ކޮންމެފަދަ ފުރައްސާރައެއް ކުރިއަސް އެމްޑީޕީ ބައިގަންޑު އެފާދިރީ ދިފާއުގައި ވަރައްބާރަށް އަޑުގަދަކޮށް ހަޅޭލަވާނެ ވަރައްސާފް އިންގޭތޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: