ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައިވެނި ޕާޓީ ކްލަސްޓާ: ޔޫކޭއިން އައި މީހެއް ހިމެނޭ، އޭނާ ރާއްޖެ އައީ ޕާޓީގެ ފަހުން!

ކޮވިޑާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ސަންގު އެމްވީ --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޝީ ބިލްޑިންގައި ބޭއްވި ކައިވެނި ހަފްލާއަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި، ހިމެނޭ އިނގިރޭސިވިލާތުން އެނބުރި އައި މީހާއަކީ ޕާޓީ ބޭއްވި ފަހުން ރާއްޖެއަށް އައި މީހެއް ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ޔޫކޭއިން އެނބުރި އައި މީހަކާއި، ކައިވެނި ހަފްލާއާއި ގުޅުން އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ވާހަކަތައް ދެކެވެމުންނެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން މީޑިއާތަކާއި މައުލޫމާތު ހިއްސާކޮށް އެޗްއީއޯސީއިން ބުނެފައިވަނީ އެ ކްލަސްޓާގެ ތެރޭގައި ޔޫކޭއިން އެނބުރި އައި މީހާ ވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އޭނާއަކީ ޕާޓީއަށް ދިޔަ މީހުންނާއި ބައްދަލުވީ މީހެއް ނޫން ކަމަށާއި، އެއީ ކައިވެނި ހަފްލާ ބޭއްވިތާ ދެ ދުވަސް ފަހުން ރާއްޖެއައި މީހެއްކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

އެޗްއީއޯސީއިން ބުނެފައިވަނީ އިނގިރޭސިވިލާތުން އައި މީހާ ކޮވިޑަށް ޓެސްޓު ކުރީ އޭނާއަކީ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ކޮންޓެކްޓަކަށް ވެފައި، އޭނާގެ ބަލީގެ އަލާމާތްތަކެއް ހުރުމުން ކަމަށެވެ. ދިވެހި މީހާ ރާއްޖެއަށް އައި އިރު އޭރު އޮތް އުސޫލުގެ ދަށުން މާލެ އަންނަ މީހެއްނަމަ ކަރަންޓީނުވާން ނުޖެހެއެވެ. ބޭރުން އަންނަ ދިވެހިން 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތް ނަމަ، އެ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރީ މި މަހުގެ 16 ގައެވެ.

އެހެން ނަމަވެސް އެ އުސޫލު އުވާލައި، ކަރަންޓީނުވާން ޖެހޭ ގޮތަށް ބަދަލުކޮށްފައި ވަނީ އިނގިރޭސިވިލާތުގައި ކޮވިޑުގެ އާ ސްޓްރެއިން އެއް ފެތުރެމުން ދާތީ އެވެ. މިއީ ކޮވިޑު-19 އަށް ވުރެ 70 ގުނަ ބާރު ސްޕީޑެއްގައި ފެތުރޭ ވައިރަހެކެވެ.

ނޫސްވެރިންގެ ގިނަ ސުވާލުތަކެއް އެޗްއީއޯސީ މީޑިއާ ގްރޫޕުގައި އަމާޒުވުމުން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އިނގިރޭސިވިލާތުން އައި މީހާ ކޮވިޑުގެ އާ ސްޓްރެއިންއަށް ޓެސްޓު ކުރާނެ ކަމަށެވެ. އަދި އެކަމުގެ މަރުހަލާތައް ކުރިޔަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ޕާޓީގައި ގާތްގަނޑަކަށް 120 މީހަކު ބައިވެރިވެފައި ވެއެވެ. މީގެ ތެރެއިން 41 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ހައި ރިސްކް މީހުން ވެސް ހިމެނޭކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ. އެ ސެންޓަރުން ބުނެފައިވަނީ ޕާޓީގެ ތެރެއިން ކޮވިޑު ފެތުރިފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރި މީހަކު ޕާޓީގައި ބައިވެރިވުމުގެ ސަބަބުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: