ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވްސް ޓޫރިޒަމް ބުލެޓިން މަޖައްލާ ނެރެފި

މޯލްޑިވްސް ޓޫރިޒަމް ބުލެޓިން މަޖައްލާ
ޝެއާރކޮށްލާ ކަހަލަދޯ؟

“މޯލްޑިވްސް ޓޫރިޒަމް ބުލެޓިން” ގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްއިން ޝާއިޢުކުރާ މަޖައްލާއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނެރެދެއްވައިފިއެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި ހުރިހާ ފަރާތްތަކާއި، ޚާއްސަކޮށް ފަތުރުވެރިންނާއި ކިޔަވާކުދިންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެ މަޖައްލާއެއް ކަމުގައި ދެކެވަޑައިގަންނަވާކަމަށެވެ.

މި މަޖައްލާގެ ފުރަތަމަ އަދަދުގެ އިސްބަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ހިމަނާފައިވެއެވެ. އޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަންޖެހުމާއި ގުޅިގެން ކުރިމަތިވި ދަތިތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ނަމަވެސް، ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން މިހާރު އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފަށައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބަދަލުކުރެވިފައިވާކަން އެ މަނިކުފާނުގެ ބަސްފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ތެރޭގައި ޤައުމުތަކަށް މި ބަލިމަޑުކަމުން އަރައިގަނެވި، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު އާރޯކަމާއި ދިރުން ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރެދެއްވި “މޯލްޑިވްސް ޓޫރިޒަމް ބުލެޓިން” ގެ ފުރަތަމަ އަދަދު ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: