ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 221.1 މިލިއަން ރުފިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންކަމް ސަޕޯޓް އެލަވަންްސްގެ ގޮތުގައި މިހާތަނަށް 221.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެންމެ ފަހުން އިއުލާންކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް 221.1 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އެއީ ޖުމްލަ 17،147 މީހުންނަށެވެ.

އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދޭން ފަށާފައިވަނީ ކޮވިޑް-19ގެ ހާލަތުގައިެވސް ދިވެހިންނަށް ވަޒީފާގެ ޔަޤީންކަން ފޯރުކޮށްދިނުމަށެވެ. ކޮވިޑް-19ގެ ގެއްލުމުގެ ސަބަބުން ވިޔަފާރިތަކުންވަނީ ފުޅާ ދާއިރާއެއްގައި މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފައެވެ. އާމްދަނީއާ ގުޅޭ އެހީތެރިކަމުގެ އެލަވަންސް ފިނޭންސް މިނިސްޓްރީއިން ތައާރަފުކުރީ  އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައިވާ މުވައްޒަފުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، ކުރިމަތިވެފައިވާ ދަތިތަކަށް ލުއެއް ހޯދާދިނުމުގެ ގޮތުންނެވެ.

މި އެލަވަންސް ފޯރުކޮށްދެވޭނީ ދިހަ މަހުގެ މުއްދަތަކަށް (އެޕްރީލް 2020 އިން ޑިސެންބަރު 2020 އަށް) ޝަރުތު ހަމަވާ ވަކިވަކި ފަރުދުންނަށެވެ. މިގޮތުން ކޮވިޑް-19 އާ ގުޅުންހުރި ސަބަބަކާ ގުޅިގެން ދިވެހިންގެ ތެރެއިން:

  • މިވަގުތު ވަޒީފާއެއް ނެތް
  • ނޯ ޕޭ ލީވްގައި ހުރި
  • މުސާރައިން ބައެއް އުނިކޮށްފައިވާ
  • އާމްދަނީ ހޯދުމަށް ދަތިވެފައިވާ (އަމިއްލަ މަސައްކަތް ކުރާ/ ފްރީލާންސް މަސައްކަތްތެރީން)

މިފަރާތްތަކަށް ފިނޭންސް މިނިސްޓްރީއިން އަންނަނީ 5000 ރުފިޔާއާއި ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދެމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: