ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ ބަދަލުގައި އައްޑޫ ރައްޔިތުން ޖީބަށް ދެން ވަންނާނީ ޕައުންޑް: މައުސޫމް

ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލަރުގެ ބަދަލުގައި އައްޑޫ ރައްޔިތުން ޖީބަށް ދެން ވަންނާނީ ޕައުންޑްކަމަށް ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ހަންކެޑަ ކައިރިއަށް ފައްތާލާފައިވާ އިނގެރޭސި ތެޔޮ ޓޭންކަރު “ބްރިޓިޝް ލޯޔެލިޓީ”ގެ ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިިސްޓަރ ވިދާޅުވީ، އައްޑޫ ސިޓިގެ ރައްޔިތުންނަކީ ތަފާތު ބައެއް ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގައިވެސް އައްޑޫ ރައްޔިތުން ހަރަކާތްތެރިވަމުން އަންނަނީ ތަފާތުގޮތަކަށް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އަދި ވައިގެ މަގުން އެއްވެސް ދަތިކަމެއްނެތި ސީދާ ގަން އެއާޕޯޓަށް ފަތުރުވެރިންނަށް ޖެއްސޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަމާޒެއްކަމަށް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މިނިިސްޓަރ ވިދާޅުވީ، މީގެ ކުރިން ރައްޔިތުންގެ ޖީބަށް ޑޮލަރު ވެއްދުމަކީ އަމާޒެއް ގޮތުގައި ބެލެެވިފައި އޮތަސް، މިހާރު އަމާޒަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ޖީބަށް ޕައުންޑް ވެއްދުން ކަމަށެވެ.

ޝިޕްރެކް ފައްތާލިތާ 75 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ޑައިވިންގެ ހަރަކާތަކީ އައްޑޫ ސިޓިގައި ފަތުރުވެރިކަން ފުޅާކުރަުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި ހަރަކާތެކެވެ. އަދި މިއީ އިނގިރޭސިން އައްޑޫސިޓިގައި އުޅުނުކަމުގެ ނިޝާންތައް އެގައުމަށް ހާމަކޮށްދިނުމަށް ހިންގި ހަރަކާތެއްކަމަށް މިނިސްޓްރީއިން ބުނެއެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިއަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރާނީ އައްޑޫ ސިޓީގައިކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން، އައްޑޫ ސިޓީގެ މޭޔަރު މިއަހަރު އައްޑޫގައި އެހަރަކާތް ކުލަގަދަ ގޮތެއްގައި ބޭއްވުމަށް ހުށައެޅި ހުށައެޅުން ގަބޫލުކުރައްވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ހަރަކާތްތަކަކީ ކުލަގަދަ ގޮތެއްގައި ރާއްޖޭގައި ފާހަގަކުރަމުން އަންނަ ދުވަހެއްކަން ހާމަކުރައްވައި، މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ދުވަސް ދުވަހަކުވެސް އައްޑޫ ސިޓީގައި ފާހަގަކޮށްފައިވައިނުވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، މޭޔަރު ހުށައެޅުއްވި ހުށައެޅުން ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުސް ގޮތުގައި ފާހަގަކުރަމުންދަނީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ހުސްވި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށްފައެއްނުވެއެވެ. މިދިޔަ އަހަރުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “ޓުއަރިޒްމް އެންޑް ރޫރަލް ޑިވެލޮޕްމަންޓް” އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: