ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތައް ހުޅުވާ، ސަރުކާރު އޮފީސްތައް ހިނގާއިރު އިންތިޚާބުގައި ތިބެނީ ބަނޑުއަޅައިގެން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތައް ހުޅުވާ، ސަރުކާރު އޮފީސްތައް އާންމު އުސޫލުން ހިނގަމުންދާއިރު، ކައުންސިލް އިންތިޚާބުގައި ސަރުކާރުން ތިބެނީ ބަނޑު އަޅައިގެންކަމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ފާޑުކިޔާފައެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ސުޕަމެޖޯރިޓީކަމުގައި އެމްޑީޕީއިން ތިބެ، އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރުތައް އެޕާޓީއިން ނިގުޅައިގަނެފައިވާ ކަމަށެވެ. ރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކޮށް، ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގުޅިގެން ގާނޫނުއަސާސީގެ 100 ވަނަ މާއްދާއިން އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބާރުތައް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020 ކިޔާ ގާނޫނަކުން ނިގުޅައިގަނެފައިވާކަމަސް އިދިކޮޅުން އާންމުކޮށްފައިވާ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ ބާރު ކަނޑުވާލާ، އަދި އެކޮމިޝަނުގައި އެ ގާނޫނު މެދުވެރިކޮށް ތަޅު އަޅުވައިގެން ކުރަމުންގެންދާ ޣައިރު ގާނޫނީ އަމަލުތައް ކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ދަންމާލާފައިވަނީވެސް، ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ކައުންސިލަތަކަށް ލިބިދީފައިވާ އެންމެހާ ބާރުތައް ނިގުޅައިގަނެ، ސަރުކާރުގެ ނުފޫޒު ކައުންސިލްތަކަށް ފޯރުވޭ ގޮތައްކަންވެސް އޮދޮކޮޅުން ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅުން ބުނީ ސަރުކާރާއި މެދު ހިތްހަމަ ނުޖެހިފައި ތިބި މިންވަރު ވޯޓުން ދެއްކުމަށް އާންމުން ތިބީ ކެތްމަދުވެފައި ކަމަށެވެ. ސްކޫލްތައް މިމަހުގެ ތެރޭގައި ހުޅުވި ސަރުކާރުގެ އޮފީސްތައް އާންމު ހާލަތެކޭ އެއްގޮތަށް ހިންގާ ހަރަކާތްތެރިވަމުން ދާއިރު، ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އަސާސް ކަމަށްވާ އިންތިޚާބުގައި ސަރުކާރުން ތިބީ ބަނޑުއަޅައިގެންކަމަށް އިދިކޮޅުން ބުނެއެވެ އަދި ހުދުމުޚުތާރުކަމާއެކު ރައްޔިތުންގެ މައްޗަށް ކުރަމުން ގެންދާ ވެރިކަން ނިމުމަކަށް ގެނައުމަށް ދިވެހި ރައްޔިތުން ތިބީ ބޭނުންވެފައި ކަމަށާއި ރައްޔިތުންގެ ތާއިދު މިސަރުކާރަށް ނެތްކަން ވޯޓުފޮށިން ދެއްކުމަށް ދިވެހި ރައްޔިތުން ތިބީ ކެތްމަދުވެފައި ކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ.

ކޯވިޑް 19 ގެ ޙާލަތު އާންމު ހާލަތަކަށް އައިސްފައިވާކަން ގަބޫލުކުރެވޭ އިރުވެސް، ސަރުކާރުން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިތުރަށް ދަމަހައްޓާ ޤާނުނޫއަސާސީގެ 2 ބާބުން ކަށަވަރުކޮށްދީފައިވާ އެތައް ހައްގެއް ނިގުޅައިގަނެފައިވާކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އެގޮތުން ރައްޔިތުން ރަށު ބަންދުކޮށް، އެހެންނަމަވެސް ސަރުކާރާއި ސަރުކާރު ނިސްބަތްވާ ސިޔާސީ ބޭފުޅުން ހިމަނައިގެން ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ ބޮޑުންނާއި ކެންޑިޑޭޓުން ހިމެނޭ ގޮތަށް ބޮޑެތި ވަފުދުތައް ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުފަތުރުކޮށް ބޮޑެތި ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ. އަދި ދައުލަތުގެ ވަސީލަތްތަކާއި ތަކެތި ބޭނުންކޮށްގެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިން ކުރަމުން ގެންދާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށް އިދިކޮޅުން ފާހަގަކުރެއެވެ. އަދި ރައްޔިތުންގެ ޒަރޫރީ މުހިންމު ކަންކަމުގައިވެސް ރަށްރަށަށް ދަތުރު ނުކުރެވޭ ގޮތަށް ރައްޔިތުން ތަޅު އަޅުވައި، ރަށު ބަންދުކޮށްގެން ގެންގުޅުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއްކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ. ބަޔާނުގައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކި ނަންނަމުގައި ކުރަމުންގެންދާ ވައްކަންތަކާއި، ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ނަފްރަތު އިތުރުވެ މިސަރުކާރާއިމެދު ރައްޔިތުން ވަނީ ނާއުންމީދުވެފައިވާކަމަށް ބުނެފައެވެ.

އިދިކޮޅުން މިބަޔާން އާންމުކުރި ފަހުން، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ކައުންސިލް އިންތިޚާބު އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެހެންނަމަވެސް، ކުއްލޮ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތް ދުވަސްވަރެއްގައިނަމަ، އޭޕްރިލް މަހުގެ ތިންވަނަ ދުވަހުވެސް އިންތިޚާބު ބޭއްވޭނެ ކަމަށް ނުބެލެވެއެވެ. އަދި ކޮވިޑްގެ އާ ވޭރިއަންޓެއްވެސް މިހާރު ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަން ފަށާފައިވުމާއެކު، ކުއްލި ހާލަަތުގެ މުއްދަތު އުވާލާފާނެ ކަމަށްވެސް ނުބެލެވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ އަމާޒަކީ، ރޯދަމަސް ފެށުމުގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމެވެ. އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބު ވީހާވެސް އަވަހަކަށް ބޭއްވުމަށް ގޮވައިލާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ނިންމީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޚާއްސަ ގާނޫނެއްގެ ދަށުންނެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްސަ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވާފައިވަނީ ޖޫން މަހުގެ ކުރީކޮޅުގައެވެ. އެގާނޫނުގައިވާ ގޮތުން، މިހާރު އިންތިޚާބުކޮށްފައިތިބި ކައުންސިލަރުންގެ ގާނޫނީ ދައުރު 3 ޖޫންއަށް ހަމަވާއިރު، އެއަށްފަހު އަމަލުކުރާނެ އުސޫލު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޖޫން މަހުގެ 3 ވަނަ ދުވަހަށްފަހު، އިންތިޚާބު ބޭއްވުމާއި ހަމައަށް، މިހަރު ތިބި ކައުންސިލަރުން ވަގުތީގޮތުން އެޒިންމާ އަދާކުރަން ޖެހޭނެކަމަށް ގާނޫނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: