ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާއާއި ގުޅުންހުރި ތަމްރީނަކުން ފާސްނުވެއްޖެނަމަ، ތަމްރީނަށް ހޭދަވި ޚަރަދުގެ ބަދަލު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ތަމްރީނުތަކަށް ޕޭލީވް އަދި ނޯޕޭލީވް ދީފައިވާ މުވައްޒަފުންގެ ތެރެއިން، ތަމްރީނުތަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަ ނުކުރާ މުވައްޒަފުން އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމާ ގުޅޭ އުސޫލު ސިވިލް ސާވިސް ކޮމިޝަނުން އާންމުކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭގޮތަށް ތަމްރީނުތަކަށް ވީއްލާ މުވައްޒަފުންގެ ތެރެއިން، އެ ތަމްރީނަކުން ފާސްނުވާ ނުވަތަ ތަމްރީނު ފުރިހަމަނުކުރާ މުވައްޒަފުންނާއި މެދު އަމަލުކުރުމަށް އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށެވެ.

އެއުސޫލުތަކުގެ ތެރޭގައި ހިމެނެނީ

  1. ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ތަމްރީނަކުން ނުވަތަ ކޯހަކުން މުވައްޒަފު ފާސްނުވެއްޖެ ނަމަ، ނުވަތަ އެ ތަމްރީނެއް ނުވަތަ ކޯހެއް ފުރިހަމަނުކޮށްފި ނަމަ، ޤާނޫނާއި ގަވާއިދާ އެއްގޮތަށް އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމަށާއި، މުވައްޒަފާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ތަމްރީނުކުރުމަށް ޚަރަދުކުރެވުނު ފައިސާ އަނބުރާ ހޯދުން.
  2. ވަޒީފާގެ ވާޖިބުތަކާ ގުޅުމެއްނެތް ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނުވަތަ ކޯސް ފުރިހަމަނުކުރާ މުވައްޒަފުން ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ މުވައްޒަފުން، ކުރިން އަދާކުރަމުންދިޔަ މަޤާމަށް ރުޖޫއަކުރުން.
  3. މަތީ މަޤާމެއް ރިޒާވްކޮށްގެން ތަމްރީނުތަކަށް ދޫކުރާ މުވައްޒަފުން، ތަމްރީނު ނުވަތަ ކޯސް ފުރިހަމަ ނުކުރާ ނަމަ، ނުވަތަ އެ ތަމްރީނަކުން ނުވަތަ ކޯހަކުން ފާސްނުވާ ނަމަ، އެ މުވައްޒަފު ވީއްލިއިރު ހުރި މަގާމަށް ވަޒީފާ ހަމަޖެއްސުމަށާއި، އަދި އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާ ނަމަ، އެ މަގާމާއި އެއް ރޭންކެއްގެ މަގާމަކަށް ވަޒީފާ ހަމަޖެއްސުން.

ތަމްރީނުން ފާސްނުވެއްޖެނަމަ، ވަޒީފާއަށް އަލުން ރުޖޫއަކުރުމުގައިވެސް އެކުލަވާލާނެ އުސޫލު ވަނީ ކަނޑައަޅާފައެވެ.

އެގޮތުން، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މުސާރަ ނުވަތަ މުސާރައާއި ސަރވިސް އެލަވަންސް ލިބޭގޮތަށް ތަމްރީނަކަށް ނުވަތަ ކޯހަކަށް ފޮނުވާފައިވާ މުވައްޒަފެއް ނަމަ، އެ ތަމްރީނަކަށް ނުވަތަ ކޯހަކަށް ޚަރަދުކުރެވުނު ފައިސާގެ ބަދަލުގައި، ފައިސާ ޚަރަދުކުރި މުއްދަތަށް ރިއާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްއަށް ޚިދުމަތްކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، އެ މުއްދަތަށް ޚިދުމަތްކުރާ ގޮތަށް ހަމަޖެއްސިދާނެ ކަމަށް އުސޫލުގައިވެއެވެ.

ނުވަތަ ކޯހަށް ޚަރަދުކުރެވުނު ފައިސާގެ އިތުރުން، ތަމްރީނަކާއި ނުވަތަ ކޯހަކާއި ގުޅިގެން ކޮށްފައިވާ އިތުރު ޚަރަދުތަކަށްވާ ފައިސާ އެ މުވައްޒަފެއްގެ ފަރާތުން އަނބުރާ ހޯދުމަށާއި، އެ ގޮތުން އެ ފައިސާ އެއްފަހަރާ ދައްކާ ގޮތަށް ނުވަތަ މަހުން މަހަށް މުސާރައިން އުނިކުރާ ގޮތަށް މުވައްޒަފާއެކު އެއްބަސްވުމެއް ހަދައި، ފައިސާ ހޯދިދާނެކަމަށްވެސް އުސޫލުގައިވެއެވެ.

ދާދިފަހު ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނެސްފައިވާއިރު، ކޮމިޝަންގެ މަސައްކަތްތަކަށް ބަދަލިތަކެއް ގެނައުމަށް ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: