ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެސްޓްހައުސްތައް އޮަޕަރޭޓް ކުރަމުންދަނީ ގައިޑްލައިނާއި އެއްގޮތަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އޮޕަރޭޓް ކުރަމުން އަންނަނީ ގައިޑްލައިނާއި އެއްގޮތަށްކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ، 6 ޖެނުއަރީގައި މާލޭގެ 12 ގެސްޓްހައުސްްއެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށާއި 7 ޖެނުއަރީގައި ހުޅުމާލޭގެ 18 ގެސްޓްހައުސްއެއް އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަކޯށް ހުރިޙާ ގެސްޓްހައުސްއެއްވެސް ހިންގަމުން އަންނަނީ ގައިޑްލައިނާއި އެއްގޮތަށްކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުން މިހާތަނަށް 40 ގެސްޓްހައުސްއެއް ހުޅުވާފައިވާއިރު، އަތޮޅުތަކުގެ ތެރެއިން 235 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަދީ އަންނަނީ އޮޕަރޭޓް ކުރަމުންނެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމުގެ ކުރިްނވެސް ޓުއަރިޒްމް މިނިސްޓްރީއާއި އެޗްޕީއޭ ގުޅިގެން ޚާއްސަ ގައިޑްލައިނެއް ވަނީ ތައްޔާރުކޮށްފައެވެ. ގައިޑްލައިންގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ގެސްޓްހައުސް އޮަޕރޭޝަނަށް ގެނައުމުގެ ކުރިން ކޮންމެ ގެސްޓްހައުސަކުން ވަކި ސޭފް ޕްލޭނެއް ތައްޔާރުކޮށް ޓުއަރިޒްމް މިނިސްޓްރީއަށް ހުށައަޅަން ޖެހެއެވެ. ގެސްޓްހައުސް އޮޕަރޭޝަނަށް ގެނައުމުގެ ހުއްދަ ދެވެނީ މިނިސްޓްރީއިން ސޭފްޕްލޭން އެސެސްކުރުމަށްފަހުގައެވެ. އެގޮތުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް ގާއިމްކޮށްފައިވާ މިންވަރާއި، ފަތުރުވެރިއެއްގެ ގައިން ކޮވިޑްގެ އަލާމާތް ފެނިއްޖެނަމަ އޭނާ އައިސޮލޭޓްކުރެވޭނެ ގޮތް ގެސްޓްހައުސްގައި ގާއިމްވެފައި ހުންނަން ޖެހޭނެއެވެ. އަދި އަލާމާތްތައް ހުރިކަމަށް ޝައްކުކުރެވޭ ކޭސްއެއް ފެނިއްޖެނަމަ، ދެން އަމަލުކުރާނެ ގޮތާއި ޕީޕީއީ ފޯރުކޮށްދެވެން ހުރި މިންވަރުވެސް ބަޔާންކުރަންޖެހެއެވެ.

އަދި ބުކިން ހެދުމުގެ ކުރިން ގެސްޓްހައުސްއަކުން އަމަލުކުރަމުންދާނެ އުސޫލުތައް ބަޔާންކޮށްދޭންވާނެކަމަށްވެސް ސޭފްޕްލޭންގައިވެއެވެ. އަދި ގެސްޓްހައުސްގައި މަސައްކަތްކުރާ މުވައްޒަފުން ޑިޔުޓީއަށް އައުމުންނާއި ޑިޔުޓީ ނިމުމުން ހުން ހުރިކަން ނުވަތަ ނޫންކަން ކަށަވަރު ކުރަންވާނެ ކަަމަށާއި އަލާމާތްތައް ހުރިތޯ ނުވަތަ ނޫންތޯވެސް ބަލަންވާނެކަމަށް ބުނެފައިވެއެވެ. އަދި ގައިދުރުކަން ދެމެހެއްޓުމަށް އިރުޝާދު ދޭ ނިޝަންތަކާއި މާސްކް އަޅަން ޖެހޭނެކަން ހާމަވަާފަދަ ނިޝާންތައްވެސް ފެންނަން ހުންނަންވާނެކަމަށް ސޭފް ޕްލޭންގައިވެއެވެ.

މީގެ އިތުރުން އަތް ދޮވެވޭވެނެ ނުވަތަ ސެނިޓައިޒް ކުރެވޭނެ ފަސޭހަ އިންތިޒާމް ރެސްޓޯރަންޓް ނުވަތަ ކެފޭގައި އަދި ރިސެޕްޝަންގައި ހުންނަންވާނެ ކަމަށް ގައިޑްލައިންގައިވެއެވެ.

މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް އަލުން ހުޅުވާލަމުންދާއިރު، ސައިޓްސީން ފަދަ ހަރަކާތްތަކަށް ހުއްދަ ނުދެވިދާނެކަމަށް ޓުއަރިޒްމް މިނިސްޓްރީއިން މައުލުމާތުދެއެވެ. އެހެން ނަމަވެސް، ކޮވިޑްގެ ހާލަތު ބަދަލުވަމުންދާ މިންވަރަށް ބެލުމަށްފަހު މިކަންކަމަށް ބަދަލު ގެންނަމުންދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ގެސްޓްހައުސްތައް އޮޕަރޭޓްކުރުމަށް ހުއްދަ ދޫކުރަނީ ވެސް ވަކި ކަންތައްތަކެއް ފުރިހަމަވާނަމަ އެއަށް ރިއާޔަތް ކުރުމަށްފަހު އެވެ.

އެގޮތުން ރަށުގައި ކަރަންޓީން ނުވަތަ އައިސޮލޭޝަން ފެސިލިޓީއެއް ގާއިމްކޮށްފައި ހުރިތޯ ބަލާއިރު އިތުރުން ސިއްހީ ގޮތުގައި ފުރިހަމަކުރަންޖެހޭ ކަންތައްތަކެއްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މިކަންކަން ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް އެންގުމުން އަދި ގެސްޓްހައުސްތަކުން ވަކި ވަކިން ހުށައަޅައި އެސްއޯޕީތަކަށް ބެލުމަށްފަހު އަތޮޅުތަކުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް އަންނަނީ ހުއްދަ ދެމުންނެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: