ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ބޭނުންވަނީ އަވަސް އިންތިޚާބެއް، ރައީސް ސޯލިހު ބޭނުންވަނީ ލަސްކުރަން: ކާނަލް

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބާއިމެދު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުރިކަމަށް ކާނަލް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ކާނަލް ނަޝީދު ވިދާޅުވީ، ރައީސް ނަޝީދުގެ ފެކްޝަނުން ބޭނުންވަނީ އަވަހަށް އިންތިޚާބު ބޭއްވުމަށް ކަމަށެވެ. އެހެންނަމަވެސް، ރައީސް ސޯލިހުގެ ފެކްޝަނުން ބޭނުންވަނީ އިންތިޚާބު ލަސްކުރުމަށްކަމަށް ވިދާޅުވިއެވެ.

އިންތިޚާބް ލަސްކުރުމަށް ބޭނުންވާ ސަބަބަކީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތުމުންތޯ ސުވާލުކުރުމުން، ކާނަލް ނާޝިދު ވިދާޅުވީ އިންތިޚާބުގައި ސަރުކާރުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިދާނެކަމުގެ ބޮރު ކޮންމެވެސް ވަރަކަށް އެބައޮތްކަމަށެވެ. އަދި އެނޫނަސް ފަސްކުރަންޖެހޭ ސަބަބުތައް ހުންނާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އިންތިޚާބަށް ފައިނޭންސް ކުރުމުގައިވެސް މިދުވަސްވަރު ދަތިތަކެއް ހުންނާނެކަމަށް ވިދާޅުވިއެވެ.

ކާނަލް ވިދާޅުވީ، ޕްރައިމަރީގައި ހޮވިފައި ތިބި ބައެއް ކެންޑިޑޭޓުންނާއިމެދު އެމްޑީޕީގެ އިސްސަފުގައި ތިއްބެވި މެމްބަރުން އެހާ ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން، މިހާރު ކައުންސިލްތަކުގައި ތިއްބެވި މެމްބަރުންގެ ބަދަލުގައި ޕްރައިމަރީއިން އެހެން މެމްބަރުންތަކެއް ހޮވިފައިވާއިރު، އެމެމްބަރުން ގޮވައިގެން އިންތިޚާބަށް ނުކުތުމަކީ ޕާޓީގެ އިސްސަފުގައި ތިއްބެވި ބައެއް މެމްބަރުން ކުރައްވަން ބޭނުންނުވާ ކަމެއްގޮތުގައި ސިފަކުރެއްވިއެވެ.

“ބައެއް ކެންޑިޑޭޓުންނާއި މެދު ފެކްޝަންތަކުގައި ޚިޔާލު ތަފާތުވުންތަކެއް އެބަހުރި. ބައެއް އިސް ބޭފުޅުންނަށް އަނަސް އަކީ ޖޫނިއަރ ޕޮލިޓީޝަނެއް ގޮތުގައި ސިފަކުރެއްވެނީ. އެހެންވީމަ ޑރ މުއިއްޒުމެންފަދަ ސީނިއަރ ޕޮލިޓީޝަނަކާއި ވާދަކުރައްވައިގެން ކާމިޔާބު ނުލިބިދާނެކަމަށް އެބޭފުޅުން ދެކެނީ” ނަޝީދު

މީގެ އިތުރަށްވެސް، އައްޑޫ ސިޓީގެ މޭޔަރުކަމުގައި ހުންނެވި އަބްދުﷲ ސޯދިގުގެ ބަދަލުގައި އަލީ ނިޒާރު ޕްރައިމަރީއިން ހޮވިފައިވުމަކީވެސް ޕާޓީގެ ވަރުގަދަ ބޭފުޅުން އެހާ ގަޔާވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ސޯބެއަކީ ބަސްމަދު، އަބުއި އަދި އިއްޒަތްތެރިގޮތެއް ގެންގުޅުއްވާ ބޭފުޅެއް ކަމުން ސޯބެއަކީ އެމްޑީޕީ ތެރޭގައި މަގްބޫލު ބޭފުޅެއްކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އަލީ ނިޒާރަކީ އެއާ ޚިލާފަށް ބަސްހަރު ބޭފުޅެއްކަމަށާއި ޕާޓީގެ އެތެރޭގެ ސިސްޓަމްގައި ހުންނަ ކަންކަމަށް ފާޑުކިޔާ ބޭފުޅެއް ކަމަށެވެ.

“ޕާޓީއިން ބޭނުންވަނީ ސޯބެ ނުވަތަ ޝިފާއާއެކު އިންތިޚާބަށް ދިޔުން. އެމްޑީޕީގެ އިސްބޭފުޅުންގެ އަޑުއަހާނެ އާންމު މެމްބަރުން ތަކެއް ތިއްބަވާނެ. ވާލެއް ދެއްކިޔަސް ބުޅަލެއް ދެއްކިޔަސް ތިލަފަތް ޖަހާފައި ނަން ދައްކައިފިއްޔާ އެނަމަކަށް ވޯޓުދާނެ” ނަޝީދު

މިފަދަ ކަންކަން މިހެން ހުރުމުން ކޮންމެވެސް ހުއްޖަތެއް ދައްކައިގެން އިންތިޚާބު ބާތިލްކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކާނަލް ނާޝިދު ވިދާޅުވިއެވެ. ފަރުދާގެ ފުރަގަހުގައި ހިނގާ ކަންކަމާއި އިވޭ އަޑުތަކުންއިންތިޚާބު ބާތިލްކުރުމަށް އަމިއްލަ ފަރާތަކުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަކީ އެމްޑީޕީގެ ތާއިދާއެކު ހުށައެޅި މައްސަލައެއްކަން އެނގޭކަމަށް ވިދާޅުވިއެވެ. އަދި އޭޕްރިލް މަހުގެ 3 ވަނަ ދުވަހު ކައުންސިލް އިންތިޚާބު ނުބޭއްވޭނެކަން ހާމަވާކަމަށް ކާނަލް ވަނީ ވިދާޅުވެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: