ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން މަގުމަތިން ހުއްޓުވާ ކޮންމެ ތިން މީހުން އެކަކީ، ޓްރެފިކް ގަވައިދާ ހިލާފު ވާ މީހެއް: މަންނާނު

ރައްކާ ރޯޑް ސޭފްޓީ ރަން އިފްތިތާހު ކުުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އާއްމުންގެ ރައްކާތެރިކަމާއި، ސަލާމަތަށް ފުލުހުން މާލޭގެ މަގުތައް މަތީ ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، މަގުމަތިން ހުއްޓުވާ ގިނަ މީހުންނަކީ ގަވައިދާއި ހިލާފަށް އުޅޭ މީހުން ކަމަށް ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް ވިދާޅުވެއްޖެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ މެޖެސުތައް ގިނަބަޔަކަށް ފޯރުކޮށްދިނުމުގެ ގޮތުން ފެށި “ރައްކާ ރޯޑް ސޭފްޓީ ރަން” ގައި ވާހަކަ ދައްކަވަމުން މަންނާނު ވިދާޅުވީ ގަވައިދާއި ހިލާފަށް ދުއްވުމުގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ. މަގުމަތީގެ ރައްކާތެރިކަން ކޮންމެ ރައްޔިތަކާއި ވެސް ގުޅިފައިވާއިރު، ގަވައިދާއި ހިލާފުވާ މީހުންގެ ސަބަބުން، މަގުމަތީ ގަވައިދާއި އެއްގޮތަށް އުޅަނދުތައް ދުއްވާ ފަރާތްތަކަށް ގެއްލުންތައް ވެފައިވާކަން މަންނާނު ފާހަގަ ކުރެއްވިއެވެ.

މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާ މަންނާނު ވިދާޅުވީ، އޭގެ ތެރޭގައި ވަރަށް ނުރައްކާތެރި ހާދިސާތައް ވެސް ހިމެނޭ ކަމަށެވެ. މިފަދަ ހާދިސާތައް މަދު ކުރުމުން ފުލުހުންގެ މުވައްސަސާއިން ހާއްސަ އޮޕަރޭޝަންތައް މަގުމަތީ ކުރިޔަށް ގެންދާ ކަމަށާއި، އޭގެ ތެރެއިން ކޮންމެ ތިން މީހުން އެކަކު އެއީ ޓްރެފިކް ގަވައިދާއި ހިލާފުވާ މީހެއްކަމަށް މަންނާނު ވިދާޅުވިއެވެ.

ޓްރެފިކް ގަވައިދާއި ހިލާފާ މީހުންގެ ތަފާސް ހިސާބުތައް ވެސް ފުލުހުން އާއްމު ކުރާކަން މަންނާނު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެ ތަފާސްހިސާބުތައް އިތުރުވަމުން ދަނީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށެވެ. ގިނަ ފަހަރަށް ސައިކަލު ދުއްވާ މީހުންގެ އަތުގައި ލައިސެންސް ވެސް ނޯންނަ ކަމަށާއި، ލައިސެންސް އޮންނަ މީހެއް ނަމަ އޭނާ އަތުގައި އޮންނަނީ އެ ޒޯނަށް ހުއްދަ ދޫކުރާ ކެޓަގަރީއެއް ނޫންކަމަށް މަންނާނު ވިދާޅުވިއެވެ.

މަންނާނު ވިދާޅުވީ، އެކްސިޑެންޓުތަކުގެ ތަހުގީގަށް ބަލާއިރު، އެފަދަ ހާދިސާއެއް ދިމާވަނީ އޯވަޓޭކް ކުރުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން މަންނާނު ވިދާޅުވީ ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކުގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުން ދާ ކަމަށެވެ. އޭގެ ތެރޭގައި ޓްރެފިކް ގަވައިދުގެ ތެރެއަށް ވަނުމަށްޓަކާ، އާއްމުން ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތަށް މަންނާނު ވާހަކަ ދެއްކެވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: