ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގެ ޖަލްސާގައިވެސް އިދިކޮޅުން ގޮވާލީ ރައީސް ޔާމީން މިނިވަން ކުރުމަށް!

މަޖިލީހުގައި ތިއްބަވާ އިދިކޮޅު މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނަށް އިސްލާހު ހުށައެޅުމަށް ބޭއްވި ޖަލްސާގައިވެސް ރައީސް އަބްދުﷲ ޔާމީން މިނިވަންކުރެއްވުމަށް ގޮޮވާލައްވައިފިއެވެ.

ގާތްގަނޑަކަށް ދެ މިނެޓެއްހާއިރަށް ކުރިއަށް ގެންދިޔަ، މިޖަލްސާއަކީ މިއަހަރުގެ ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާއެކެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ތާރީޚަކާއި މެދު ގޮތެއް ނިންމުމަށް ސަރުޚޅާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި އިސްލާހާއި ގުޅިގެންނެވެ.

މަޖިލީސް ކުރިއަށްދިޔަ ވަގުތު، އިދިކޮޅުން ވަނީ މަޖިލީހުގައި އަޑުގަދަކޮށް އެކި ވާހަކަތައް ދައްކަވާފައެވެ. އެގޮތުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވަމުން ދިޔަ ވަގުތު އިދިކޮޅުގެ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި ކޮޅަށް ތިއްބަވައި އަޑުގަދަކުރައްވާފައެވެ. އެގޮތުން ރައީށް ޔާމީންގެ ޝަރީއަތް ކުރިއަށް ގެންދަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވިދާޅުވެ، ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ސަރުކާރުން އުޅުއްވާ ގޮތާއި މެދުވެސް ވަނީ ފާޑު ވިދާޅުވެފައެވެ.

ޖަލްސާ ކުރިއަށްދިޔަ ވަގުތު އެންމެ އަޑުގަދަ ކުރެއްވި ޞޭފުޅެއް ގޮތުގައި ފާހަގަކުރެވުނީ ނައިފްރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ވަނީ އިށީނދެވަޑައިގަތުމަށް މެމްބަރު ޝިޔާމަށް ދަންނަވާފައެވެ.

ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އަދި ބިލާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައިވަނީ، މެމްބަރު ހަޅޭއްލަވައި އަޑުގަދަކުރަމުން ދަނިކޮށެވެ. އަދި ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށް ނުވަތަ ޖަލްސާ ކުރިއަށް ގެންދިޔުމަށް ހުރަސް ނޭޅުއްވުމަށް ނުވަތަ އަޑުގަދަކުރެއްވުން ހުއްޓާލުމަށްވެސް ރިޔާސަތުން އަންގަވާފައެއް ނުވެއެވެ.

ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު، ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވިދާޅުވީ އިބްތިދާއީ ބަހުސް އޮންނާނީ 17 ވާ އާދިއްތަ ދުވަހު ކަމަށެވެ. އަދި އެދުވަހު ވާހަކަދެއްކުމަށް އެދިވަޑައިގެންފައިވާ ހުރިހާ މެމްބަރުންނަށް ފުރުސަތު ލިބެންދެން ޖަލްސާ ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ. އެއަށްފަހު ކޮމެޓީ މަރުހަލާއަށް ބިލު ފޮނުވައި، އަލުން ތަޅުމަށް ބިލު ފޮނުވުމުން ވޯޓަށް އަހާނެކަމަށް އީވާ ވިދާޅުވިއެވެ.

މަޖިލީހަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށައަޅުއްވާފައިވަނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މަޖިލީހަށް މިބިލު ހުށައެޅުއްވީ 29 މެމްބަރުންގެ ސޮޔާއެކުގައެވެ.
ސަރުކާރުން މި ބިލު ހުށަހެޅީ، ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރަށް ޤަބޫލުކުރެވޭތީ، ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމިއޮތް ހިނދެއްގައިވެސް އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދިނުމުގެގޮތުން، ކޮވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމަށާއި، އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބާ ގުޅޭގޮތުން ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތަކަށް ބަދަލު ލުގެންނަންޖެހޭތީ، ކަމާގުޅޭގޮތުން ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށެވެ.
ބިލުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު އިންތިޚާބުގެ ކަންކަން ކުރުން ފަށަންވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތަކުގެ ދަށުންނެވެ. އަދި އިންތިޚާބުގެ ކަންކަން އަލުން ފަށަންވާނީ އެކަންކަން ފެށުމަށް ދުރާލާއި ތާރީހެއް ދިނުމަށް ފަހުގައި ކަމަށާއި އެތާރީހު ކަނޑައެޅުމާއި އިންތިޙާބުގެ ކަންކަން ފެށުމާއި ދެމެދުގައި މަދުވެގެން 3 ދުވަހުގެ މުއްދަތެއް ދޭންވާނެކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: