ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބު ބޭއްވުމާއި ގުޅޭ މައްސަލައިގެ ބަހުސް މިއަދު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގެ ބަހުސް މިއަދަށް އެޖެންޑާކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ފާސްކުރި ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުން އޮތީ މިއަދު ހެނދުނު 11:00 ގައެވެ. މިއީ 2021 ވަނަ އަހަރު ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާއެވެ.

ދައުރުން ބޭރުން ފުރަތަމަ ޖަލްސާ ބާއްވާފައިވަނީ ހުސްވި ހަފްތާގެ ބުދަ ދުވަހުގެ ރެއެވެ. އެރޭގެ ޖަލްސާގައި އޮތީ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. ޖަލްސާ ވަނީ ގާތްގަނޑަކަށް ދެމިނެޓު ތެރޭ ނިމިފައެވެ. މަޖިލީހަށް މިމައްސަލަ ހުށައަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

ސަރުކާރުން މި ބިލު ހުށަހެޅީ، ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރަށް ޤަބޫލުކުރެވޭތީކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ހިނދެއްގައިވެސް އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދިނުމުގެގޮތުން، ކޮވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމަށާއި، އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބާ ގުޅޭގޮތުން ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތަކަށް ބަދަލު ގެންނަންޖެހޭތީ، ކަމާގުޅޭގޮތުން ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ބިލުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު އިންތިޚާބުގެ ކަންކަން ކުރުން ފަށަންވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތަކުގެ ދަށުންނެވެ. އަދި އިންތިޚާބުގެ ކަންކަން އަލުން ފަށަންވާނީ އެކަންކަން ފެށުމަށް ދުރާލާއި ތާރީހެއް ދިނުމަށް ފަހުގައި ކަމަށާއި އެތާރީހު ކަނޑައެޅުމާއި އިންތިޙާބުގެ ކަންކަން ފެށުމާއި ދެމެދުގައި މަދުވެގެން 3 ދުވަހުގެ މުއްދަތެއް ދޭންވާނެކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: