ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބު ލަސްވާ ކޮންމެ ދުވަހަކީ ދައުލަތުގެ ސިފަ ގެއްލިގެންދާ ދުވަހެއް: ހަސަން ލަތީފް

ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިޚާބު ނުބޭއްވި ލަސްވާ ކޮންމެ ދުވަހަކީ ދައުލަތުގެ ސިފަ ގެއްލިގެންދާ ދުވަހެއްކަމަށް އެމްޑީޕީގެ ޗެއަރޕަރސަން އަދި ހެންވޭރު ހުޅަންގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލަށް ބަހުސްކުރުމަށް ހުޅުވާލި ފުރުސަތުގައި ބަހުސްކުރައްވަމުން، ހަސަން ލަތީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބު ފަސްވެގެންދާ ކޮންމެ ދުވަހަކީ ދައުލަތުގެ ސިފަ ގެއްލި، ލާމަރުކަޒީ ނިޒާމް ފުހެވިގެންދާނެ ކަމުގެ ބިރު އިތުރުވެގެންދާނެ ދުވަހެއް ކަމަށެވެ. މިހާރު މިއޮތީ އެމްޑީޕީ ވެރިކަމެއް ކަަމަށާއި އެހެންނަމަވެސް، ކައުންސިލްތައް އިންތިޚާބުނުކޮށް ސަރުކާރުން އެކަނި ނިންމުންތައް ނިންމާލައިގެން އުޅުމަކީ އެމްޑީޕީއިން ބޭނުންވާނެ ގޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުން ބޭނުންވާ ގޮތަކީ ކައުންސިލްތައް މެދުވެރިކޮށް ކަންކަން ނިންމައި މަސައްކަތްތައް ކުރިއަށް ގެންދިޔުން ކަމަށެވެ. އެހެންކަމުން، ޕާޓީއިން ބޭނުންވަނީ ވީހާވެސް އަވަހަށް އިސްލާހުތައް ފާސްކޮށް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އިންތިޚާބު ކުރެވިފައިވާ ކައުންސިލަރުންތަކެއް ހިމެނޭ ކައުންސިލްތަކެއް ގާއިމްވެފައި އޮތުމަކީ ގާނޫނުން ލާޒިމް ކުރާކަމެއްކަން ފާހަގަކުރައްވާ ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށައަޅުއްވާފައިވާ އިސްލާހުތައް ފާސްކުރުމަކީ މުހިންމުކަމެއްކަމަށެވެ. ހަސަން ލަތީފް ވިދާޅުވީ، އިންތިޚާބު ބޭއްވުމަށް ތައްޔާރުވާން ދޭންޖެހޭ މުއްދަތު ހުރީ ވަރަށް ބޮޑަށް ކުރުކޮށްފައި ކަމަށާއި އަދި އެމުއްދަތުތަކަށް ބެލުމުން، އެއީ ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން އިންތިޚާބު ބާއްވާނެ ދުވަހެއް ފާސްކުރުމަށް އެކުލަވާލާފައިވާ މުއްދަތުތަކެއް ނޫންކަން ހާމަވާކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް، ދައުރުން ބޭރުން ޖަލްސާ ބާއްވަމުންދާއިރު، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި އިންތިޚާބު ބޭއްވޭނެ ދުވަހެއް ކަނޑައެޅި، ބިލުގައި މިހާރު ހުރި ތާރީހުތަކަށް އިސްލާހު ނުގެނެސް އިންތިޚާބު ބޭއްވޭނެކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި މިސާލެއްގެ ގޮތުން ބިލުގެ ނުވަވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް 45 ދުވަސް، 30 ދުވަހަށް ކުރު ނުކޮށް 45 ދުވަސް ތެރޭގައި އެމާއްދާގައި ބަޔާންކޮށްފައިވާ މަސައްކަތްތައްކޮށް ނިންމާލެވޭނެކަމަށް ބެލެވޭކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރަށް މެމްބަރު ވިދާޅުވީ، އެމުއްދަތުތައް ކުރުކުރުމަކީ ނުވަތަ ތާރީޚުތައް އަވަސްކުރުމަކީ އިލެކްޝަންސް ކޮމިޝަންގެވެސް ކަންބޮޑުވުންތައް ހުރިކަމެއް ކަމަށެވެ. އަދި މިމުއްދަތުތައް ކުރުނުކޮށް އިންތިޚާބު ބޭއްވެން އޮތްކަމުގައިވާނަމަ، އެކަން އެގޮތަށް ކުރިއަށްގެންދިޔުމަކީ މުހިންމުކަމެއް ކަމުގައި ދެކޭކަމަށް މެމްބަރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: