ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު މިވަނީ ބޮޑު ޖޯކަކަށްވެފައި: އާމިރު

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިޚާބުގެ ކަންކަން މިހާރު ވެފައިވަނީ ބޮޑު ޖޯކަކަކަށް ކަމަށް ވިދާޅުވެ، ކައުންސިލް އިންތިޚާބު ބޭއްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ވަރަށް ބޮޑަށް ފާޑު ވިދާލުވެއްޖެއެވެ.

މަޖިލީހަށް ހުށައެޅިފައިވާ އިންތިޚާބާއި ގުޅޭ އިސްލާހުތަކަށް ބަހުސްކުރައްވަމުން އާމިރު ވިދާޅުވީ، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން މަސައްކަތްތައް ކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އެހެންނަަމަވެސް، ދައުރުން ބޭރުން ޖަލްސާތައް ބާއްވައިގެން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް މަސައްކަތްކުރަމުންދާއިރު އެއާއެކު ދެން ސަރުކާރުން ކުރަމުންދާ ކަންކަމަށްވެސް ރައްޔިތުން ފާރަވެރިވާކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، މިގާނޫނަށް ކިތަންމެ ވަރަކަށްވެސް އިސްލާހު ގެނެވިދާނެ ކަމަށާއި އެހެންނަމަވެސް މިއީ ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ނުވަތަ ނޫންކަން ރައްޔިތުންނަށް ވަރަށް ރީތިކޮށް އެނގޭކަމަށެވެ.

“ކޮންމެހެން ނިންމަންޖެހޭ ނިންމުންތަކުގައި، ކުއްލި ޖަލްސާ ބާއްވައިގެ ކޮންމެ ގަޑިއެއްގައިވެސް އެމަސަކަތްތައް ކުރެވެންވާނެ. އެހެންނަމަބވެސް އެކަން ކުރަމުންދާއިރު ރައްޔިތުން ބަލައި ދިރާސާ ކުރެއޭ، މިނިންމުތަކުގައި ވިސްނުން ގެންގުޅެފައި ހުރީ ކޮން ގޮތަކަށްތޯ! އެހެންކމަށްވާނަ، ހަމަގައިމުވެސް، އެމަލާމާތް އެރައްދުވަނީ ކުޑަހުވަދޫ ދާއިރާގެ މެމްބަރުވެސް ހިމެނޭގޮތަށް މިމަޖިލީހަށް! ސަރުކާރަށް ކަމަށްވާނަ، އެއިރެއްގައި އޮންނަ ސަރުކާރަށް. އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގައި ތިބޭ އެންމެންނަށް” އާމިރު

އެހެންކަމުން، މިހާރު ފެންނަމުންދާ ކަންކަމަށް ބަލާއިރު ދައުލަތެއްގެ ގޮތުގައި ރައްޔިތުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ނުކުރާކަން ހުރިހާ ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭކަމަށް އާމިރު ވިދާޅުވިއެވެ. ރައްޔިތުުންގެ މެދުގައި އަދުލުވެރިކަން ގާއިމްކުރެވިފައި ވަނީ ކިހާ މިންވަރަކަށްތޯ ބެލެންޖެހޭކަން ފާހަގަކުރައްވާ އާމިރު ވިދާޅުވީ ތިން ދައުރު މަޖިލީހުގައި މަސައްކަތް ކުރަން ލިބުނުއިރު، ލާމަރުކަޒީ ގާނޫނަށް އެކަންތައް ދުވަހަކުވެސް އައިސްފައިނުވާ ކަމަށެވެ.

މީގެ އިރުރަށް އާމިރު ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމުގެ ވާހަކަތައް ދައްކާއިރު، މުޅި ދައުލަތުގެ ބާރު ކެނޑުވުމަށްފަހު ކައުންސިލްތަކަށް ވަކިން ބާރުތަކެއް ލިބޭގޮތަށް އެއްވެސް ގާނޫނެއް މިހާތަނަށް ފާސްކުރެވިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި މުޅިންވެސް ގާނޫނުތައް ފާސްކުރެވުނީ، ސަރުކާރަށް ފަސޭހަވާނެ ގޮތަށް ކަންތައްކޮށް، އިދިކޮޅަށް ދަތިވާނެ ގޮތަށް ކަންކަން ކުރުމަށްކަމަށް ވިދާޅުވިއެވެ. އާމިރު ވުދާޅުވީ ޑިމޮކްރެޓިކްކަމަށް ދެކެވިގެން އެވާހަކަތައް ދައްކަމުންދާއިރު ހަގީގަތުގައި އެމަފްހޫމު އޮތީ ގެއްލިފައި ކަމަށެވެ.

ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމުގެ ބަދަލުގައި އަދިވެސް ކަންކަން ކުރަމުން އަންނަނީ ސަރުކާރުން ކަންކަން ކުރަން ބޭނުންވާ ގޮތަށްކަމަށް އާމިރު ވިދާޅުވިއެވެ. ޚާއްސަ ހާލަތެއް އަތުވެފައި އޮތްއިރު، މިހާރުވެސް އަޑު އިވެމުންދާ ވާހަކައަކީ ކަންކަން ނިންމަންވާނީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންކަމަށް ބުނެ ދެކެވޭ ވާހަކަތައް ކަމަށެވެ. އެހެންނަމަވެސް، ހިތާމައަކީ ބޮޑެތި މުއާމަލާތްތަކެއް އެލްޖީއޭގެ ޚާއްސަ ހުއްދައާއެކު ބައެއް ކައުންސިލްތަކަށް ކުރުމުގެ ހުއްދަ ލިބެމުންދާ ކަމަށެވެ. އެހެންނަމަވެސް، ބައެއް ކައުންސިލްތަކަށް އެލްޖީއޭގެ ހުއްދަ ނުލިބޭކަމަށް އާމިރުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: