ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެރީގެ ނިޒާމުން ރާއްޖެ ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި، އެމްޓީސީސީ ގެ ސީއީއޯ އާދަމް އާޒިމް އާއި ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ މައިގަނޑު މަގުސަދަކީ ކަނދުގެ ބޮދު ސަރަހައަދެއް އެކުލެވިގެންވާ ދިވެހިރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ އަވަސް ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

މިޚިދުމަތް ދިނުމަށް ފްރޭމް ވޯކް އެކުލަވާލާފައިވަނީ ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އަދި ޚިދުމަތް ދިނުމުގައި 3 ރޫޓެއް ބޭނުންކުރުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން ކައިރި ރަށްރަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރ ލިންކާއި ޚާއްސަ ޙާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮންކޮމިއުޓަރ ލިންކާއި އެއްޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ. ޚިދުމަތުގައި އެމްޓީސީސީން ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ ޖާގައިގެ 47 ފޫޓުގެ ލޯންޗެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން އަންނަ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހއ އަދި ހދގެ އިތުރުން ށ.އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް އިތުރު އެއްބަސްވުމަކާއެކު ވަނީ ނިންމާފައެވެ. ފުރަތަމަ ޒޯންގައި 41 ރަށަކަށް ޚިދުމަތްދިނުމަށް ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީން ބުނެއެވެ.

ފެރީ ޚިދުމަތްދިނުމަށް އެމްޓީސީސީގެ ފަރާތުން ފެރީ ޓަރމިނަލް ޤާއިމުކުރުމާއި މަޝްރޫޢަށް ބޭނުންވާ ފެރީ ހޯދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: