ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބުގެ ތާރީޚާއި މެދު ގޮތެއް ނިންމުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް!

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.

ބިލު ކޮމެޓީއަށް ފޮނުވުމަށް ފާސްވީ 39 މެމްބަރުންގެ ވޯޓާއެކުގައެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

ބިލު ސަރުޚާރުގެ ފަރާތުން މަޖިލީހަށް ހުށައަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ ދައުރުން ބޭރުން މިއަހަރު ބޭއްވި ފުރަތަމަ ޖަލްސާގައި ހިސްވި ހަފްތާގެ ބުދަދުވަހުގެ ރެއެވެ.

މިއަދު ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައިރު ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އަމާޒުކޮށްފައެވެ.

އެގޮތުން ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަނީ މިއީ އިދިކޮޅުން ހުށައަޅަންޖެހޭ ބިލެއްކަން ފާހަގަކުރައްވާ އެހެންނަމަވެސް، މިބިލުވެސް މަޖިލީހަށް ހުށައަޅަން ޖެހުނީ ސަރުކާރުގެ ފަރާތުންކަން ފާހަގަކުރައްވާފައެވެ. އަދި އިދިކޮޅު ޕީޕީއެމް ޕީއެންސީއަކީ ލާމަރުކަޒީ ނިޒާމާއި ދެކޮޅު، ވެރިކަމުގައި ތިއްބެވިއިރު ކައުންސިލަރުން އަތުން ބާރުތައް ނަންގަވައި ކައުންސިލަރުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވި ބައެއް ގޮތުގައި ވަނިީ ސިފަކުރައްވާފައެވެ. އެހެންނަމަވެސް، މިއަދު ކައުންސިލް އިންތިޚާބު ނުބޭއްވިގެން އެވާހަކަ ދަައްކަވަނީ ކީއްވެތޯ ސުވާލު އުފައްދަވައި އިދިކޮޅުގެ ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

އިދިކޮޅު މެމްބަރުންގެ ވާހަކަައިގައި، މިހާރު ހުށައަޅާފައިވާ އިސްލާހުތަކަކީ ގާނޫނު އަސާސީއާ ޚިލާފު އިސްލާހުތަކެއްކަމަށް ވިދާޅުވިއެވެ. އަދި ޕީޕީއެމް ޕީއެންސީއަށް ނިސްބަތްނުވާ، އިދިކޮޅު މެމްބަރުންވެސް ވަނީ ސަރުކާރުގެ ނިޔަތާއިމެދު ސުވާލު އުފެދޭކަން ފާހަގަކުރައްވާފައެވެ. އަދި މިއިން އެއްވެސް އިސްލާހަކުން ރައްޔިތަކަށް ވާ ފައިދާއެއް ނުވަތަ ކައުންސިލަރުންނަށް ލިބޭ ބާރެއްވެސް ނެތް ކަމަށާއި މިހުރިހާ ކަމަކުންވެސް ފައިދާވަނީ ސަރުކާރަށްކަމަށް ވިދާޅުވިއެވެ.

ސަރުކާރުން މި ބިލު ހުށަހެޅީ، ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ހުރަސްތަކަށް ހައްލެއް ހޯދައި، ވީ އެންމެ އަވަހަކަށް އެ އިންތިޚާބު ބޭއްވުމަކީ މުހިންމު ކަމެއް ކަމުގައި ސަރުކާރަށް ޤަބޫލުކުރެވޭތީކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިޢުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ހިނދެއްގައިވެސް އިންތިޚާބުގެ ކަންކަން އިލެކްޝަންސް ކޮމިޝަނަށް ކުރިއަށްގެންދެވޭނެ މަގުފަހިކޮށްދިނުމުގެގޮތުން، ކޮވިޑް-19 އާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިދިނުމަށާއި، އަވަސް މުއްދަތެއްގެ ތެރޭގައި އިންތިޚާބު ބާއްވާނަމަ، އިންތިޚާބާ ގުޅޭގޮތުން ކަމާބެހޭ ޤާނޫނުތަކުގެ ދަށުން ކަނޑައަޅާފައިވާ ބައެއް މުއްދަތުތަކަށް ބަދަލު ގެންނަންޖެހޭތީ، ކަމާގުޅޭގޮތުން ޤާނޫނު ނަންބަރު 3/2020 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020) އަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ބިލުގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު އިންތިޚާބުގެ ކަންކަން ކުރުން ފަށަންވާނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ އުސޫލުތަކުގެ ދަށުންނެވެ. އަދި އިންތިޚާބުގެ ކަންކަން އަލުން ފަށަންވާނީ އެކަންކަން ފެށުމަށް ދުރާލާއި ތާރީހެއް ދިނުމަށް ފަހުގައި ކަމަށާއި އެތާރީހު ކަނޑައެޅުމާއި އިންތިޙާބުގެ ކަންކަން ފެށުމާއި ދެމެދުގައި މަދުވެގެން 3 ދުވަހުގެ މުއްދަތެއް ދޭންވާނެކަމަށްވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: