ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމެޓީއިން ބިލް ފާސްކުރީ އިލެކްޝަންސްއިން ބޭނުންވާ މުއްދަތު ދިނުމަށް!

އިއްޔެ ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ތައްޔާރުވުމަށް ދޭންޖެހޭ މުއްދަތު ދިނުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ނިންމައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އެއް އަހަރު ދުވަހަށް ފަސްކުރުމަށް ފާސްކުރި ސަންސެޓް ގާނޫނަށް އިސްލާހު ހުށައަޅައި، އެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އިއްޔެ ކޮމެޓީއިން ވަނީ އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް ބިލަށް ހުށައަޅާފައިވާ އިސްލާހުތަކާއިމެދު އީސީއާ އެކު މަޝްވަރާކޮށް ބައެއް ބަދަލުތަކެއް ގެނެސްފައެވެ.

އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށް ކޮމެޓީ ބައްދަލުވުމުގައި ދެކުވުނު ވާހަކަތަކުގައި ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އެދިފައި ވަނީ އެކަށީގެންވާ ވަގުތު ކޮމިޝަނަށް ދިނުމަށެވެ. އަދި ސަރުކާރުން މަޖިލީހުގެ ތަޅުމަށް ބިލު ހުށައެޅިއިރު، ހިމަނާފައިވާ ބައެއް މުއްދަތުތައް ކުރުކުރުމަށް ހުށައަޅާފައިވާ އިސްލާހު އުނި ކުރުމަށްވެސް ޝަރީފް ހުށަހެއްޅުއްވިއެވެ.

ޝަރީފް ވިދާޅުވީ އެ މުއްދަތުތަކަކީ އިންތިޚާބު ބޭއްވުމަށް ތައްޔާރުވުމަށް އެންމެ އެކަށީގެންވާ މުއްދަތުތަކެއް ކަމަށެވެ. އަދި މުއްދަތުތައް ކުރުކޮށްފިނަމަ ކޮމިޝަންގެ ޒިންމާތައް އަދާކުރުމުގައި ދަތިތަކެއް ކުރިމަތިވާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ،

މިހާރު ގާނޫނު އޮތްގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އިންތިޚާބުގެ ކަންކަން ނިންމަންޖެހެއެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެ މުއްދަތުގެ ކުރިއަށް އިންތިޚާބު ބޭއްވޭނެކަމަށް ގަބޫލެއް ނުކުރެއެވެ. ސަބަބެއްކަމަށް އީސީއިން ބުނީ ރޯދަ މަހާއި އެ މުއްދަތާއި ދިމާވުމުގެ އިތުރުން އަދި ބައިނަލްއަގްވާމީ އިމްތިހާނުތަކަކާއި އެދުވަސްވަރާއި ދިމާވުން ކަމަށެވެ. އެހެންކަމުން މިހާރު ކަނޑައަޅާފައި އޮތް ތާރީޙުގެ ކުރިއަށް އިންތިހާބު ނިންމިދާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަމަށް ހައްލެއް ހޯދައިދިނުމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ހުށައެޅުއްވީ މިހާރު ކަނޑައަޅާފައި އޮތް ތާރީހަށް އިންތިހާބު ނުބޭއްވޭނެކަމަށް ގަބޫލުކުރެވޭނެމަ، 30 ދުވަހުގެ މުއްދަތެއް އޮއްވައި އެކަން މަޖިލީހަށް އެންގުމަށެވެ. އެގޮތުން މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިއަށް އިންތިޚާބު ނުބޭއްވޭނެކަމަށް ގަބޫލުކުރެވޭނަމަ، 30 ދުވަހުގެ މުއްދަތެއް އޮއްވައި އިންތިޚާބު ނުބޭއްވޭނެކަން ސަބަބު ބަޔާންކޮށް މަޖިލީހަށް ހުށައަޅަންޖެހޭގޮތަށް އަކުރެއް އިތުރުކުރުމަށް ކޮމެޓީއިން ވަނީ ފާސްކޮށްފައެވެ.

ލޯކަލް ކައުްނސިލްތަކުގެ އިންތިޚާބު ހުސްވި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ބާއްވަން ނިންމާފައިވީ ނަމަވެސް، ކޮވިޑާއި ގުޅިގެން އިންތިޚާބު އަހަރެއްހާ ދުވަހަށް ފަސްކުރުމަށް މަޖިލީހުން ސަންސެޓް ގާނޫނެއް ފާސްކުރިއެވެ. އަދި މިއަހަރުގެ މާޗްމަހުގެ އިންތިޚާބު ބޭއްވޭނެކަމަށް ބަލައި، މަސައްކަތް ކުރަމުންދަނިކޮށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު ފެބްރުއަރީ މަހަށް އިތުރުކުރިއެވެ. އެހެންކަމުން މިހާރު، މާޗް މަހުގެ ތެރޭގައިވެސް އިންތިޚާބު ނުބޭއްވޭނެކަމަށް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ކެމްޕެއިން ކުރުމަށް ހަމަހަމަ ފުރުސަތުތައް ނެތްނަމަ އިންތިޚާބު ނުބާއްވާނެކަމަށް ބުނެފައެވެ. ކޮމިޝަނުން އިޝާރާތްކޮށްފައިވަނީ ކެމްޕެއިން ކުރުމަށް ރަށްތަކަށް ދިޔުމަށް އެޅިފައިވާ ހުރަސްތަކަށެވެ. ކެމްޕެއިން ކުރުމަށް މަދުވެގެން ދެމަސް ދުވަހުގެ މުއްދަތެއް ދޭންޖެހޭކަންވެސް އިލެކްޝަންސްއިން ފާހަގަކުރެއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން އިންތިޚާބު ބޭއްވުމަށް އެކަށީގެންވާ މުއްދަތު ދިނުމަށް ފާސްކޮށްފައިވަނީ ކޮމެޓީގައި ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: