ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަރުވާ ހޯދި ބަޔަކު ޕޮޒިޓިވްވެ އޭޑީކޭ އެޗްޑީޔޫ ބަންދުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ހައި ޑިޕެންޑެންސީ ޔުނިޓުން ފަރުވާ ހޯދި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާގުޅިގެން އެތަން ބަންދުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާޠުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، އޭ.ޑީ.ކޭގެ އެޗް.ޑީ.ޔޫއިން ފަރުވާ ދިނުމަށްފަހު ދޫކޮށްލި 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އެކަމާގުޅިގެން މިވަގުތު އެ ޔުނިޓް ބަންދުކޮށް، ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އޭ.ޑީ.ކޭގެ އެޗް.ޑީ.ޔޫއިން ފަރުވާ ހޯދި ބަޔަކު ޕޮޒިޓިވްވުމާގުޅިގެން، އައުޓްބްރޭކް ކޮންޓްރޯލްކުރުމަށްޓަކާ ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭ ހުރިހާ ޕޭޝަންޓުން ޓެސްޓްކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: