ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން ފަތިހާއި ހަމައަށް އަނެއްކާވެސް ކާފިއު ހިންގަނީ!

ކޮވިޑާއި ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ސާމްޕަލް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން/ ފޮޓޯ: ސަންގު އެމްވީ --- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ފެންނަ ކޮވިޑުގެ ކޭސްތައް އަނެއްކާވެސް އިތުރުވާން ފެށުމުން، ބައްޔާއި ދެކޮޅަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މާލޭގައި ކާފިއު ހިންގުމަށް ނިންމައިފި އެވެ.

މެންދަމު 12:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން މިރޭ ވަނީ އުސޫލެއް އާއްމުކޮށްފަ އެވެ.

ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އާއްމުކުރި އުސޫލުގައި، މާލެ ސަރަހައްދުގައި ހަފްލާތަކާއި، ރަސްްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ. މި އުސޫލުގެ ދަށުން، ގިނަ މީހުން އެއްވެ ޕާޓީތައް ބޭއްވުން ވެސް މަނާވާނެ އެވެ.

މާލޭގައި ކާފިއު ހިންގަން އެޗްޕީއޭއިން ނިންމީ، ކޮވިޑުގެ ކޭސްތައް އިތުރުވާން ފަށާފައިވާތީ އެވެ. އެގޮތުން ހޯމަ ދުވަހު 109 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، އޭގެ ކުރީ ދުވަހު 108 މީހުން ޕޮޒިޓިވްވިއެވެ. އަދި އަންގާރަ ދުވަހު މާލެ ސަރަހައްދުން ރިޕޯޓު ކުރި ކޭސްތައް 93 އަށް އަރަ އެވެ.

މީގެ އިތުރުން، މާލޭގައި ސްކޫލު ދަރިވަރުންނާއި، ޓީޗަރުން ދަނީ ކޮވިޑަށް ޕޮޒިޓިވްވަމުން ނެވެ. އެކަމާއި ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތައް އިތުރުވެފައިވާއިރު، ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނީ، ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުމަކީ ސްކޫލުތަކުގެ ޒިންމާއެއް ކަމަށެވެ. އަދި ސްކޫލުތަކުން ދަރިވަރަކު ނޫނީ، ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވުމުން އެކަން ސިއްރުކުރާނެކަމަށް ނުބެލެވޭ ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ.

ކޭސްތައް މަދުވެ، މާލެ ސަރަހައްދު އާއްމު ހާލަތަކަށް ދާން ފެށުމުން އެޗްޕީއޭއިން ގިނަ ފިޔަވަޅުތަކަށް ލުއި ދިނެވެ. އެގޮތުން އެންމެ ފަހުން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުގައި، ޑައިންއިން ހިދުމަތް ދަންވަރު 01:00 އާއި ހަމައަށް ދެވޭގޮތަށް އުސޫލު ބަދަލު ކުރީ މި ހަފްތާގެ ތެރޭގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: