ހަތެއް ފެބްރުއަރީ 2012ގައި ވެރިކަން ވެއްޓުނުއިރު ހިނގިފަދަ އަމަލުތައް ތަކުރާރުވާތަން މިއަދު އެބަ ފެންނަ ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި އޭރުގެ އިދިކޮޅު ފަރާތްތަކާއި، ސިފައިންނާއި ފުލުހުން ސަރުކާރާ ދެކޮޅަށް ނިކުތުމުން އޭރު ރައީސް ކަމުގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަތެއް ފެބްރުއަރީ އަކީ ދިވެހި ވެރިކަމުން އިންސާފު ބޮލާ ޖަހައި، ރައްޔިތުން ހާލުގަ ޖެހެން ދޫކޮށްލައި، ގަދަ ބަސް ބުނެ ހިތްތިރިކަން ދޫކޮށްލުމުގެ ނަތީޖާ ކަމަށެވެ.
”މިއަދުވެސް މި އަމަލުތައް ތަކުރާރުވާތަން އެބަފެނޭ. ތާރީހު އިޔާދަވެއޭ ބުނެ އުޅޭ. ރައްކާވެތިބިއްޔާ ދަތުރު.“ ޣައްސާން ވިދާޅުވިއެވެ.
7 Feb 2012 akee, dhivehi verikamun insfaaf bolaalaa jaha, rayyithun haalugajehen dhookollaa gadhabas bune hihthirikan dhookollumuge natheeja. Miadhuves mi amal thah thakuraaru vaa than eba feney. Thaareekh iyaadha ve ey bune ulhey. Rakkaave thibiyya dhathuru. ????????♂️
— Mohamed Ghassan Maumoon (@mgmaumoon) February 7, 2021
އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ ސަރުކާރުގެ ނައިބު ރައީސް ޑރ.މުހައްމަދު ވަހީދު އާއި އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން ހިންގެވި ބަޣާވާތަކާއި ގުޅިގެންނެވެ. ނަމަވެސް މިކަމަށް ރައީސް ވަހީދު އިންކާރު ކުރައްވައެވެ.

