ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީގައި ކުއްޖަކު މަރާލި މައްސަލަ: އެކަކު ހައްޔަރުކޮށް، ތަހުގީގު ޓީމެއް މާމެންދޫއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. މާމެންދޫގައި ހިނގާދިޔަ މާރާމާރީގައި ކުއްޖަކު މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް، މައްސަލައިގެ ތަހުގީގަށް ހާއްސަ ޓީމެއްހަރަކާތްތެރިވަމުން ދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާރާމާރީގައި 17 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށެވެ. އަދި އިތުރު މީހަކަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާކަމަށްހަމީދު ވިދާޅުވިއެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ތުހުމަގު ކުރެވޭ މީހަކު ހައްޔަރުކޮށްފައެވެ.

ހަމީދު ވިދާޅުވީ އެ ރަށާއި ކައިރި ގއ. އަތޮޅުގެ އެހެން ރަށްރަށުގެ ފުލުހުންވެސް މާމެންދޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ ތަހުގީގު ކުރިއަށްގެންދާނީ ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ސީރިއަސް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށް ހަމީދުވިދާޅުވިއެވެ. އަދި ޑިޕާޓްމެންޓުގެ ޓީމެއް މާމެންދޫއަށް ދިއުމުގެ ތައްޔާރީތައް ވަމުންދާކަން ހަމީދު ފާހަގަ ކުރެއްވި އެވެ.

މައުލޫމާތު ލިބޭ ގޮތުން، މާރާމާރީގައި ދެން ސީރިއަސް ޒަހަމްތަކެއް ލިބިފައި ވަނީ މި ހާދިސާގައި މަރުވި ކުއްޖާގެ ބޭބެއަށެވެ. އަދި އޭނާގެ ހާލު ސިރިއަސްވެ، ފަރުވާދެމުން އަންނަނީ ގއ. ވިލިނގިލި ހޮސްޕިޓަލުގައެވެ. 

މި ހާދިސާގައި މަރުވި ކުއްޖާގެ ގައިގެ، ހަތަރު ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: