ގއ. މާމެންދޫގައި ހިންގި ގުރޫޕު މާރާމާރީއެއްގައި މަރާލި އަހުމަދު އުދައްޔުގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.
ފުލުހުން ވިދާޅުވީ އުދައްޔުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށާާާާއި ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެ އިން ބޭރަށް ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެެެެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ މާމެންދޫގައި ހިންގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ. އަދި އަނެއް މީހާއަށް 10 ދުވަސް ދީފައިވާ ކަމަށެވެ.
އެއީ 27 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ މީހެކެވެ. އެ މައްސަލައިގައި ފަހުން ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެކެވެ.

