ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕިިކްނިކް އައިލެންޑުގެ މަސައްކަތް ފެށޭނީ އެންމެން ގަޔަަށް ވެކްސިން ޖަހާ ނިމުނީމަ: ސަރުކާރު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ދަތުރު ދާން ކަނޑައެޅި ރަށް ތަރައްގީކުރުމުގެ މަސައްކަތް އެންމެން ގަޔަަށް ކޮވިޑް-19 ވެކްސިން ޖަހާ ނިމުމުން ކަމަށް ސަރުކާރު ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ ދަތުރު ދާނެ ރަށް ތަރައްގީ ކުރުމުގެ ޕްރޮޖެކްޓަކީ މިއަހަރަށް ނިންމަން އޮތް ޕްރޮޖެކްޓެއް ކަމަށާއި ނަމަވެސް މަސައްކަތް ކޮވިޑް19 އާއެކު އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

”ޕްލޭނިން މިނިސްޓްރީ އިން މި އަހަރަށް އަސްލު ހަމަ ނިންމަން އޮތް ޕްރޮޖެކްޓެއް، އެ ޕްރޮޖެކްޓަކީ. ދެ އެކަން ދިގު ދެމިގެން އެ ދިޔައިރުގައި، މިދިޔަ ޕީރިއަޑުގެ ތެރެއަށް ވަތް. އަދި ޕްރޮޖެކްޓު އިތުރަށް ކުރިއަށް ގެންދަން ނިންމާފައިވޭ، އެހެން ނަމަވެސް މިހާރު ނިންމަން ކަނޑައެޅިފައި އޮތް ޑޭޓޭއް އަޅުގަނޑު އިތުރަށް ސާފު ކޮށްފައި ގެނެސްދޭނަން،“ މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އެ ރަށުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށާއި ނަމަވެސް ރަށް ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ބޭނުން ކުރަން ފެށޭނީ ކޮވިޑުގެ މި ހާލަތުން އަރައިގަނެވިގެން ކަމަށެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ދަތުރު ދިޔުމަށް ވަކި ރަށެއްގެ ގޮތުގައި އެނބޫދޫ ފަޅުން ހިއްކާފައިވާ ސަރަހައްދެއް ދިނުމަށް ކަނޑައަޅާ އެކަން ސަރުކާރުން އިއުލާނު ކުރީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެވެ. އެކަން އިއުލާނު ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެންބޫދޫ ފަޅުން ހިއްކާފައިވާ 3.3 ހެކްޓަރުގެ ސަރަހައްދެއް ދިވެހިން ދަތުރު ދިޔުމަށް ކަނޑައެޅީ ޕިކްނިކް ދިއުމަށް އިތުރު ފަޅެއް ހިއްކުމުގެ ބަދަލުގައި ހިއްކާފައި އޮތް ތަނެއް ބޭނުން ކުރުމުގެ ގޮތުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: