ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިސާ ހޯދަން އިންޑިއާ ހައި ކޮމިޝަން ކުރިމަތީ އެތައް ގަޑިއިރުތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އަވަށްޓެރި އިންޑިއާ އަށް ބޭސްފަރުވާ އަށް ދިއުމަށްޓަކައި ވިސާ ހޯދުމަށް އިންޑިއާ ހައި ކޮމިޝަން ދޮރު މަތީގައި ކިޔުގައޮ ޖެހިގެން ތިބި ދިވެހިތަކެއްގެ ފޮޓޯ ސޯސަލް މީީޑިއާގެ ސަމާލުކަމަށް އައިސްފިއެވެ.

ރޭ ދަންވަރު ސޯސަލް މީީޑިއާގައި އާންމުވި މި ފޮޓޯއިން ފެންނަ ގޮތުގައި އެ ވަގުތުވެސް ކިޔުގައި ފަސް ވަރަކަަށް މީހުން ތިއްބެވެ.

ކިޔުގައި އިން މީހަކާ ހަވާލާދީ “ހަތާވީސް އިންލައިން” އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ މީހާ ކިޔުއަށް އެރީ ރޭ 7:00 ޖަހާކަންހާއިރު ކަމަށެވެ. ކިއު ނަންބަރު ދޫކުރަނީ ހެނދުނު 8 ޖަހާއިރުއެވެ.

އޭނާ ބުނީ މިގޮތަށް ޖައްސަ ޖައްސައިގެން ތިން ރޭ ކިޔޫގައި ޖެހުމަށް އައިސްފައިވާ މީހުންވެސް އެބަ ތިއްބި ކަމަށާއި ކިޔޫގައި ޖެހޭ މީހުން ޖުމްލަ 12 ގަޑިއިރަށްވުރެ ގިނަވަގުތު އެތަނުގައި ހުންނަން ތިބެންޖެހޭ ކަމަަށެވެ.

މި މައްސަލާގައި އިންޑިއާ ހައި ކޮމިޝަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: