މާލެއިން ފުރައިގެން ހއ. އަތޮޅަށް ތެޔޮ ހިފައިގެން ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރި ”ސްނޯ“ ނަމަކަށް ކިޔާ ދޯނި ފުންކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު 16:10 ހާއިރު ދޯނި ފުންކޮށްފައިވާ ކަމަށެވެ.
ދޯނި ފުންކުރީ ދޯނީގައި ހުރި ތެޔޮ ދޯނީގެ ވެރިފަރާތުން ހަމަޖެއްސި އެހެން ދޯންޏަކަށް ހުސްކުރުމަށްފަހު ކަމަށްްވެސް އެމްއެންޑީއެފް ބުނިއެވެ.
އެމްއެންޑީއެފުން ބުނީ އެ ދޯނި އަރާފައި ވަނީ ށ. ކީކިމިނި ކައިރިން، ބޮލިސްތާ ފަރަށް ކަމަށާއި ދޯނި ފަރަށް އެރި އިރު، ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެއް ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

