ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އިއުލާންކުރި ވެހިކަލް ކާފިއު އުވާލައިފި

މާލޭގައި ކޮވިޑު ފެތުރޭ ނިސްބަތް އަނެއްކާވެސް އިތުރުވުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ނުދުއްވޭ ގޮތަށް އޮތް އޮތުން ބާތިލްކޮށްފިއެވެ.

އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ހަވީރު 6 އިން ހެނދުނު 6 އަށް ވެހިކަލް ދުއްވަން މަނާކުރަން އެންގި އެންގުން ބާތިލުކުރާ ކަމަށެވެ.

މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ފަހަރު ދުއްވުން ފުރަތަމަ މަނާކުރީ ރޭގަނޑު 8:30 އިން ފަތިހު 4:30 އަށް ދެ ހަފުތާގެ މުއްދަތަށެވެ. ނަމަވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ހަވީރު 6 އިން ހެނދުނު 6 އަށް ވެހިކަލް ދުއްވުން މަނާކޮށްފައެވެ.

ވެހިކަލް ކާފިއު އުވާލި ނަމަވެސް މާލެ ސަރަހައްދުގައި އަދިވެސް ރޭގަނޑު 11 އިން ފެށިގެން ފަތިހު 4:30 އާ ދެމެދު މީހުން ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: