ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

230،000 މީހުން ވެކްސިން ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މިހާތަނަށް 230،000 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ2434 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1016 މީހަކާއި، އަތޮޅުތެރެއިން 1418 މީހެކެވެ.

އެގޮތުން މިހާތަނަށް މާލެ ސަރަހައްދުން 128،293 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 101،837 މީހަކަށް ވެކްސިން ދީފައިވެއެވެ.

މާލޭ ސަރަހައްދުގެ 8 ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު، އަތޮޅުތެރޭގެ 169 ތަނަކުން ވެކްސިން ދިނުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: