ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާލުގައި ޖެހުނު ބޭރުގެ ޔޮޓަކަށް އެހީތެރިކަން ފޯރުކޮށްދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސީޝެލްސް އިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިންގ ޔޮޓް “ލަގާން” ރާއްޖޭގެ ސާރޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރެއިން ހާލުގައި ޖެހުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހުވަދު އަތޮޅު އުތުރުބުރީ ވިލިނގިލީ އިރުން 26 ނޯޓިކަލް މޭލު ބޭރުން މި ޔޮޓް ހާލުގައި ޖެހިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 14:55 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ޔޮޓް ހާލުގައި ޖެހުނު ސަރަހައްދުން ދަތުރުކުރި އާގު ބޯޓެއް ކަމުގައިވާ “އެކޯސަވާނާ” އާއި އިޓަލީގެ އެމްއާރުސީސީ ރޯމާއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން މިޔޮޓު ވަނީ ސަލާމަތްކުރެވިފައެވެ.

އަދި މިޔޮޓް ރައްކާތެރިކަމާއެކު ގއ. ވިލިނގިލީ ބަނދަރަށް ވައްދާފައިވާއިރު މި ޔޮޓުން ދަތުރުކުރި ދެ މީހުންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: