ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަގަނޑޭގެ ތާއީދު މުއިއްޒު އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އަށް ތާއީދުކުރަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނިންމައިފިއެވެ.

މިރޭ މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަޝްފާޤްގެ ތާޢީދު އެ މަނިކުފާނަށް ލިބިވަޑައިގެންފި ކަމަށާއި އެ ކަމަަށްޓަކައި ޝުކުރު އަދާ ކުރައްވަވާ ކަމަށެވެ.

“މާލޭގެ މޭޔަރު ކަމަށް އަޅުގަނޑަށް ތާއީދު ކުރައްވައި ކަމަށް ޓަކައި، ޤައުމު އެ ބޭފުޅަކަށް ޓަކައި ފަޚްރުވެރިވާ، ދެވަނައެއް ނުވާ، ޢަލީ އަޝްފާގަށް ނުހަނު އިޚްލާސްތެރި ކަމާއެކު ޝުކުރު އަދާކުރަން” އަޝްފާގު ޓެގް ކުރައްވައި ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ މުއިއްޒުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން އަލްހާން ފަހުމީ އެވެ.

ކައުންސިލް އިންތިހާބު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: