ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަދަލެއްގެ ގޮތުގައި މާބޮޑު އެއްޗެއް ނުދެން، އަދަދު ހަނދާނެއް ނެތް: ރައީސް އޮފީސް

ސަރުކާރުގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުން އެކި ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލެއްގެ ގޮތުން ދޫކުރެވުނު އަދަދެއް ނޭނގޭކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިމަށް ވަޑަައިގަތީ އިންސާފު ގާއިމް ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އިންސާފުގެ މާނައަކީ ހަމައެކަނި ނުހައްގުން ޖަލަށް ލާފައިވާ ބައެއް ނުވަތަ ކޯޓުތަކަށް ގެންނަ ބަދަލެއް ނޫން ކަމަށެވެ.

މި ޕްރެސްގައި ނޫސްވެރިންގެ ސުވާލުތައް އަމާޒުވީ، މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ނިމްމުމާއި ގުޅޭ ގޮތުންނެވެ.

މިއީ ކޯޓުން ބޭރުން ނިހާއީ ހުކުމެއް ނެތި، ވީ އެއްބަސްވުމެެކެވެ. އަދި މި އްސަލައިގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ލަފާ ދިނީ، 1.5 މިލިއަން ބަދެއްގެ ގޮތުގައި ދިނުމަށް ނަމަވެސް ދައުލަތުން އެއްބަސްވީ މަންދުއަށް 15 މިލިއަން ރުފިޔާ ދިނުމަށެވެ. މައްސަލައާއި ގުޅޭގޮތުން ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް އަފީފް ވަނީ އޭނާގެ މަސްލަހަތު ފުށު އަރާތީ ވާހަކަ ދައްކަން ދެކޮޅު ހައްދަވާފަ އެވެ. އަދި ވިދާޅުވީ، ސެޓްލްމަންޓް ކޮމިޓީގައި މަންދު ކޮލެޖުގެ ކަންކަން ނިންމާ ބައްދަލުވުންތަކުގައި އޭނާ ބައިވެރި ނުވާ ކަމަށެވެ.

މަންދު ކޮލެޖުގެ މައްސަލަ ކޯޓުގައި ހިނގަމުންދިޔަ އިރު އެ ކޮލެޖުގެ ގާނޫނީ ޓީމުގައި އަފީފް ހިމެނުނެވެ. އަދި އެއީ މައްސަލައިގައި ތަމްސީލްކުރާ ޕްރަކްސިސް ލޯ ފާމުގެ ހިއްސާދާރެ ވެސް މެއެވެ. ޕްރެސްގައި ނޫސްވެރިއަކު އެ ހުރިހާކަމެއް ފާހަގަ ކުރުމުން އަފީފަ އެކަމަށް އެއްބަސް ވިއެވެ.

ދައުލަތާއި، ވަކި ފަރުދުން ނުވަތަ ކުންފުނިތަކާއި އެކު ވެފައިވާ އެއްބަސްވުންތައް އެކަށީގެންވާ އެއްވެސް ސަބަބެއް ނެތި އުވާލައިފިނަމަ އެ ބަޔަކަށް އިންސާފު ހައްގުވާމަށް އަފީފް ވިދާޅުވި އެވެ. އެއީ އެމީހުންނަށް ބަދަލު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތަކެއްގެ ގޮތުގައި އަފީފް ވަނީ ވިދާޅުވެފަ އެވެ.

“ދައުލަތުން އެއްވެސް މީހަކަށް ގެއްލުމެއް ދީފައި އޮތް ނަމަ އިންސާފު ހޯދައިދޭން ޖެހޭ. އެއީ ޗޮއިސް އޮތް ކަމެއް ނޫން.” އަފީފް

އެއްވެސް ސަބަބަކާއި ނުލައި، މިދިޔަ ސަރުކަރުން ވެސް އެތައް އެއްބަސްވިމެއް ބާތިލު ކުރިކަމަށް އަފީފް ވިދާޅުވި އެވެ. މިއީ ދަަައުލަތަކުން އިސްވެ އޮވެ ބަޔަކަށް ދޭ އަނިޔާއެއް ކަމުން، ބަދަލު ދެނީ ބަންޑާރަނައިބްގެ ލަފާގެ މަތިން އުފައްދަވާފައިވާ ހާއްސަ ކޮމިޓީއެއްގައި މައްސަލަ ބަލައި ދިރާސާ ކުރުމަށްފަހު ކަމަށް އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ 2019 ވަނަ އަހަރުގެ ޖެނުއަރީގައި އުފެއްދި މި ކޮމިޓީގެ ސަބަބުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދޭ އަދަދު ކުޑަވެ، އިންސާފު ލިބުން އަވަސްވާ ކަމަށެވެ.

ކޯޓު ހުކުމަކާއި ނުލައި، ނުވަތަ ނިހާއި ހުކުމެއް ނެތި ބަދަލުދޭ މައްސަލައިގައި އަމާޒުވާ ފާޑުކިއުންތަކަށް ނޫސްވެރިއަކު ސުވާލު ކުރުމުން އަފީފް ވިދާޅުވީ، އިންސާފު ލިބެންޖެހޭކަން ހާމަކޮށް ފެންނާން އޮއްވައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެންދެން މަޑު ކުރުމަކީ އެންމެ އެދެވޭ ގޮތެއް ނޫން ކަމަށެވެ.

މިދިޔަ ސަރުކާރުގައި މިފަދަ ކިތައް އެއްބަސްވުން އުވާލިތޯ ސުވާލުކޮށް، މިހާތަނަށް ބަދަލެއްގެ ގޮތުގައި ދޫކުރި އަދަދާއި ގުޅޭގޮތުން ސުވާލު ކުރުމުން އަފީފް ވިދާޅުވީ ސީދާ އެ އަދަދު އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެ އަދަދު ހަނދާނުގައި ނެތްކަމަށް ވިދާޅުވި އެވެ.

މަޖިލީހުން ބައެއް މަސައްކަތްތަކަށް ހުރަސްއަޅާކަމަށް ދޭހަވާ މޭރުމަކުން އަފީފް ވިދާޅުވީ، ޝަރުއީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ނުނިމެނީސް ބަދަލު ދިނުމުގެ ކަންކަން ކުރިއަށް ނުގެންދިއުމަށް މަޖިލީހުގެ ބައެއް ކޮމިޓީތަކުން ފާސްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ސަރުކާރަށް ދިމާވާ ގޮންޖެހުމެއް ކަމަށެވެ.

“ކަނޑައެޅިގެން ގާނޫނާ ހިލާފަށް ކުރި ކަމެއްގައި އެ މީހެއްގެ ގާތުގައި ކޯޓަށް ދާށޭ ބުނުމަކީ… އެއީ އެންމެ އިންސާފުވެރި ގޮތެއް ނޫން….” އަފީފް

ޕްރެސްގައި ނޫސްވެރިއަކު ވަނީ، ބަދަލު ދިނުމާއި ބެހޭ އެއްވެސް މައުލޫމާތެއް މީޑިއާތަކާއި ހިއްސާ ނުކުރާކަން ފާހަގަކޮށްފައެވެ. އަދި ގިނަ ފަހަރަށް އެކަން އެނގެނީ، ކޯޓުން ހުކުމެއް ކުރުމުންކަން ފާހަގަކޮށްފައެވެ. ނަމަވެސް އަފީފް ވިދާޅުވީ ދައުލަތުން އެއްބަސްވުމެއް އުވާލުމުން، ގެއްލުމަކާއި ކުރިމަތިވެފައިވާނަމަ ދައުލަތުން އެ ފައިސާ ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. މިކަމުގައި އެއްވެސް އޮޅުވުންތަކެއް ނުހުންނާނެ ކަމަށާއި، ނޫސްވެރިން ބޭނުންވެއްޖެނަމަ އެކަމުގެ ތަފްސީލް ހުރި ލިޔުންތައް ވެސް ފޯރުކޮށްދޭނެކަމަށް އަފީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: