ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމަށް އަހްމަދު ހަމްދާން އައްޔަންކުރައްވައިފިއެވެ.
އަހްމަދު ހަމްދާން އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ހަމްދާން އެމަގާމަށް އައްޔަނު ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އައިމިނަތު ޝައުނާ، އެންވަޔަރަމަންޓް މިނިސްޓަރަކަަށް އައްޔަނު ކުރެއްވުމާ ގުޅިގެންނެވެ.
އަޙްމަދު ޙަމްދާން މީގެ ކުރިން އަދާކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަޤާމެވެ.

