ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭ އިން ދަނީ ގޯހަކަށްފަހު ގޯހެއް ހަދަމުން: ނިޔާފް

ޑރ. އަލީ ނިޔާފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭއެފްސީ ކަޕުގެ މެޗެއް ކުޅުމަށް އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އައުމަށް ހާއްސަ ހުއްދަ ދިން މައްސަލާގައި މަޝްހޫރު ނިއުރޯސާޖަން އަދި މޯލްޑިވިއަން މެޑިކަލް ކައުންސިލްގެ ރައީސް ޑރ.އަލީ ނިޔާފް ނުރުހުން ފާޅުކުރައްވައިފިއެވެ.

ހާއްސަ ހުއްދައިގެ ދަށުން މިދިޔަ ހުކުރު ދުވަހު ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވާއިރު، އެ ކުޅުންތެރިންނަށް އޮތީ ހޮޓަލުން ބޭރަށް ނިކުތުން މަނާކޮށްފައެވެ. ނަމަވެސް އިއްޔެ އެޓީމުގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނިކުމެ މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ މަންޒަރު ވަނީ ފެނިފައެވެ.

އެކަމާ ގުޅިގެން އެ ޓީމު ރާއްޖެއިން ފޮނުވާލަން މިހާރު ނިންމާފައިވާ ކަމަށާއި އެ މެޗު ދެން ނުބޭއްވޭނެކަން އެފްއޭއެމް އަށް އަންގާފައިވާ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ. ނިޔާފް ވިދާޅުވީ މިއީ އެޗްޕީއޭ އިން ކުރި ވަރަށް ގޯސް ކަމެއް ކަމަށާއި މިކަމަށް ދައްކާނެ އެއްވެސް އުޒުރެއް ނެތް ކަމަށެވެ. އަދި މިކަހަލަ އިހުމާލަކަށް ފަހު އިހުމާލެއް ވަމުންދާކަމަށްވެސް ޑރ.ނިޔާފް ވިދާޅުވިއެވެ.

“ހާއްސަ ހުއްދަ ދިނުން ހުއްޓާލާ. މިއީ ސައިންޓިފިކް ގޮތުންވެސް ހަމަޖެހޭ ކަމެއްތަ؟” ޑރ.ނިޔާފް ވިދާޅުވިއެވެ.

ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން އޭއެއެފްސީ ކަޕުގެ މެޗަށް ބެންގަލޫރު އެފްސީ މާލެ އައިއިރު، މާލޭގެ ހާލަތު އިންތިހާއަށް ގޯސްވެ، މާލޭގައި އޮތީ ކާފިއު ހިންގާފައެވެ. މި ދަނޑިވަޅުގައި އޭއެފްސީ މެޗުތައް ކުޅޭތީ އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން އަންނައިރު ކުޅިވަރު ވަޒީރު ވިދާޅުވެފައިވަނީ މެޗުތަކާ ގުޅޭ ހުރިހާ ކަމެއް ކުރިއަށްދާނީ ސަލަމާތީގޮތުން އެންމެ ފުރިހަމަ ފިޔަވަޅުތަކާ އެކުކަމަށެވެ.

ވަރަށް ގަދަ
21%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބޭރު ކުރޭ… ބޭރު ކުރޭ… އެޗް.ޕީ.އޭއަށް މަތަނުވާ ނަމަ ބޭރު ކުރޭ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: