ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިން ހަރަކާތްތެރިވީ ގޮތް ނޭނގޭ ދަބަހެއްގެ ރިޕޯޓާއިއެކު، ނުރައްކަލެއް ނެތް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބިހުރޯޒު މިސްކިތް ތެރެއިން ގޮތް ނޭނގޭ ޒާތުގެ އެއްޗެއް ފެނިގެން އެމްއެންޑީއެފްއާއި ފުލުހުން ހަރަކާތްތެރިވެެއްޖެ އެވެ.

މިރޭގެ 12:30 ގައި ފުލުހުން ރަށްދެބައި މަގު ބަންދުކޮށް މި އޮޕަރޭޝަން ހިންގާފައި ވަނީ، މިސްކިތްތެރެއިން ގޮތް ނޭނގޭ ދަބަހެއް ފެނުމުންނެވެ. އަދި ފުލުހުންނާއި ގުޅިގެން ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަނުގައި ބޮމް ސްކޮޑު ވެސް ހަރަކާތްތެރިވި އެވެ.

އޮޕަރޭޝަނާއި ބެހޭ މައުލޫމާތު ހިއްސާކޮށް އެމްއެންޑީއެފްއިން ބުނީ، ގޮތް ނޭނގޭ އެއްޗެއްގެ ރިޕޯޓު ލިބުމުން އެ ސަރަހައްދުގައި ހަރަކާތްތެރިވީ ކަމަށެވެ. ނަމަވެސް އޭގައި އެއްވެސް ނުރައްކަލެއް ނެތްކަން ޔަގީންވުމުން މަގު އެެއްކޮށް ވަނީ ހުޅުވާލާފަ އެވެ.

“ސަންގު” ގެ ނޫސްވެރިން އެވަގުތު އެ ސަރަހައްދަށް ދިޔައިރު، އެ ސަރައްހައްދުގައި ހަތިޔާރު ސިފައިން އުޅެއެވެ. އަދި މުޅި ސަރަހައްދު އެއްކޮށް ބަންދުކޮށް، އެމްއެންޑީއެފްގެ ޖޭމަރު ބޭނުންކޮށްފައި ވެއެވެ.

އެމްއެންޑީއެފްއިން މިރޭ ހަރަކާތްތެރިވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލި ސަރަހައްދުގައެވެ. މި ހަމަލާގެ ސަބަބުން، ސިފައިންނާއި ފުލުހުންގެ އެލާޓް ލެވެލް މަތިކޮށް ދެ މުވައްސަސާ ގުޅިގެން މާލެ ތެރެ ބެލެހެއްޓުމަށް ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: