ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލިސްޓަށް ޝިޔާމްގެ ރައްދު: “އެ ގަހު ކޭލެއް މި ގަހު ކޭލެއް، ވަކި ވާވަރެއް ނޫން”!

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ލިސްޓުތައް ގިނަކަމުން އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވާކަމަށް ވިދާޅުވެ ސަރުކާރަށާއި ރިޕޯޓް އެކުލަވާލުމުގައި މަސައްކަތްކުރި މަޖިލީހުގެ ކޮމެޓީތަކަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޝާމިލުވާ މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއިން މިހާރު ވަނީ އާންމުކޮށްފައެވެ. އެލިސްޓުގައި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުން އަދި ސަރުކާރުގެ އެކި މަގާމްތައް ފުރުއްވާފައިވާ ބޭފުޅުންގެ ނަންތައް ހިމެނޭއިރު، އެލިސްޓަކީ އެސެޓް ރިކަވަރީ ކޮމިޝަނުން ފޮނުވި ލިސްޓުކަމަށް ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ، ޚިޔާނާތުގެ މައްސަލައިގެ ލިސްޓުތައް ގިނަކަމުން އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވާކަމަށެވެ. އަދި ލިސްޓުގެ ތެރެއަށް ޖާދުލުން ނަންތައް އުފަންވާ ކަމަށާއި ޖާދުލުން ބައެއް ނަންތައް ގެއްލޭކަންވެސް ފާހަގަކުރެއްވިއެވެ. ޝިޔާމް އެއިޝާރާތްކުރެއްވީ، ރައްޔިތުންގެ މަޖިލީހުން ލިސްޓު ހާމަކުރުމުގެ ކުރިން ސޯޝަލް މީޑިޔާގައި ދައުރުވަމުންދިޔަ ލިސްޓުތަކަށެވެ. އެލިސްޓުގައި ހިމެނިފައިވާ ބައެއް ނަންތައް ރައްޔިތުންގެ މަޖިލީހުން ލިސްޓު އާންމުކުރިއިރު ހިމެނިފައެއް ނެތެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ލިސްޓުގައި ޝިޔާމްގެ ނަން ހިމެނިފައިވަނީ ކުރީގެ ނައިބްރައީސް އަހުމަދު އަދީބު ގޭގައި ހުންނެވުމަށް މިސަރުކާރާއިއެކު ހެއްދެވި ޑީލްއެއްގެ ތެރެއިން ކަމަށެވެ. އަދި މިއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއްކަން ލިސްޓުގެ ނަމާއި ދިމާލުގައިވާ ތަފްސީލް ބަޔާންކޮށްފައިވާ ކޮލަމުން ހާމަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ތަފްސީލް ކޮލަމްގައި ފާހަގަކޮށްފައިވަނީ “ކެމްޕެއިނަށް 1 މިލިއަން ޔާމީން ދިން ވާހަކަ އަދީބު ބުނެފައިވޭ” މިހެންނެވެ. މިކަމާއި ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ، މިއީ އެބޭފުޅާގެ އަބުރު ކަތިލައި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމަށް ކުރިކަމެއްކަމަށެވެ.  އަދި އަބަދުވެސް މަސައްކަތްކުރަމުންދަނީ އިޚްލާސްތެރިކަމާއިއެކު ކަމަށާއި ސިޔާސީ މައިދާނަށް ނުކުންނެވީވެސް ފަސްބައި ސާފު މީހެއްގެ ގޮތުގައި ހުރެ އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށްކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ އެންމެ ލޯ ލާރިއެއްގައިވެސް ޖެހިފައިނުވާނެ ކަމަށެވެ. އަދި އެބޭފުޅާއަކީ އަބަދުވެސް އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު އަވަސްކުރުމަށް ގޮވާލަމުންދާ މީހެއްކަމަށާއި އަސްލެއް ނެތް ތުހުމަތުތަކަކުން އަޒުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ލިސްޓު މިދުވަސްވަރު އާންމުކުރުމުގެ ބޭނުމަކީ ރައީސް މުހައްމަދު ނަޝީދަށް ދެއްވި ހަމަލާގެ ތަހުގީގު އޮއްބާލައި އެމައްސަލައިގެ ފޯކަސް އަނބުރާލުމަށްކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެމައްސަލާގައި ތުހުމަތުކުރެވޭ، ބައެއްބޭފުޅުން މަގާމުން އިސްތިއުފާ ދެއްވަމުން އަންނައިރު، އަނެއް ބަޔަކު އަންނަނީ ލިސްޓަކީ ސައްހަ ލިސްޓެއް ނޫންކަމަށް އަންނަނީ ބުނަމުންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: