ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހުން އިންޓަނެޓްގެ އަގު ހެޔޮވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެފަހުން އިންޓަނެޓް އަގު ހެޔޮކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުއްދަވައިފިއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ “ނެޓް ހެޔޮ” އިވެންޓުގައި ވަނީ ހެޔޮ ކުރެވުނު އަގުތަކާއި ސްޕީޑަށް ގެނެވޭ ބަދަލުގެ ތަފްސީލު ހާމަކޮށްފައެވެ.

އެގޮތުން ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.

މި ބަދަލާއެކު ރެޒިޑެންޝަލް އިންޓަނެޓު ހިދުމަތުގެ އަގުން 60 ޕަސެންޓާއި 75 ޕަސެންޓާ ދެމެދަށް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުންޏެވެ. އަދި މިއާ އެކު ތްރޮޑްލް ސްޕީޑު ދެ ގުނަ މަތިވާނެ ކަމަށް ވެސް ބުންޏެވެ.

މިއާރު އެވްރެޖުކޮށް ތްރޮޓްލް ސްޕީޑު ހުންނަނީ އެއް އެމްބީޕީއެސް އާއި ދެ އެމްބީޕީއެސް އާ ދެމެދު އެވެ.

ތްރޮޓްލް ސްޕީޑް މަތިވުމުން، އިންޓަނެޓުގެ ޒަރީއާއިން ބޭނުން ކުރާ ގިނަ ހިދުމަތްތަކަށް ސްޕީޑް ދަށްވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ނިސްބަތުން ދަށްވެ، ޑޭޓާ އެޑް-އޮންސް އަށް ކުރާ ހަރަދު އުނިވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން، އާދައިގެ މިންވަރަކަށް އިންޓަަނެޓް ބޭނުން ކުރާ ފަރާތްތަކަށާއި، ސްކޫލް ކުދިންގެ ވީޑިއޯ ކޮންފަރެންސިން ފަދަ ބޭނުންތަކަށާއި، އައިސީޓީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް، މި ބަދަލުތަކުގެ މަންފާ ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: