ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯބައިލް ޑޭޓާ ޕެކޭޖްތަކަަށް ބަދަލު އަންނާނީ އޮކްޓޯބަރު މަހުން ފެށިގެން: ސަރުކާރު

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ--
ޝެއާރކޮށްލާ ކަހަލަދޯ؟

މޯބައިލް ޑޭޓާ ޕެކޭޖްތަކަަށް ބަދަލު އަންނާނީ އޮކްޓޯބަރު މަހުން ފެށިގެން ކަމަށް ސަރުކާރުން ބުނެފިއެވެ.

މި ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮ ކުރަންވީ ވައުދުގެ ދަށުން އަގަށް ގެނައި ބަދަލު އިއުލާނު ކުރީ މިއަދު އޮންލައިންކޮށް ބޭއްވި އިވެންޓެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން ނިންމާފައި ވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ފޭސްގައި، ދިރާގާއި އުރީދޫގެ ރެޒިޑެންޝަން އިންޓަނެޓު ހިދުމަތުގެ އަގު ޖުލައި މަސް ތެރޭ 28 ޕަސެންޓާއި 30 ޕަސެންޓާ ދެމެދަށް ދަށްކޮށް ތްރޮޓްލް ސްޕީޑަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.

ދެވަނަ ފޭސްގައި، އޮކްޓޫބަރު 2021 އިން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ހިދުމަތަށް ބަދަލު ގެންނަން ވަނީ ނިންމައިފަ އެވެ.

ރެސިޑެންޝަލް އިންޓަރނެޓުގެ ޚިދުމަތުގެ އަގުތަކަށާއި ސްޕީޑަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ބަދަލުތަކަކީ، 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ އަށް 30 ޖީބީ (ތްރޮޓުލް ސްޕީޑްގައި 2 އެމްބީޕީއެސް)، 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ އަށް 100 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް)، 25 އެމްބީޕީއެސްގެ ސްޕީޑުގައި 700ރ އަށް 200 ޖީބީ (ތްރޮޓުލް ސްޕީޑްގައި 5 އެމްބީޕީއެސް) އެވެ.

މި ބަދަލުތަކުގެ ސަބަބުން ރެސިޑެންޝަލް އިންޓަރނެޓް ޚިދުމަތްތައް ބޭނުންކުރާ 60 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މީހުންނަށް ސީދާކޮށް މަހުފީ އަގުހެޔޮ ވެގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: