ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫގެ ހިދުމަތް ފުޅާކުރުމަށް ކޮލަމްބޯއާއި މާލެއާއި ދެމެދު ސަބްމެރިން ކޭބަލްއެއް!

އުރީދޫން ކުރިޔަށް ގެންދިޔަ އިވެންޓެއްގައި، ކުންފުނީގެ ސީއީއޯ ނަޖީބް ޚާން/ ފޮޓީޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަނެޓުގެ ހިދުމަތްތައް އަގުހެޔުކޮށް ހިދުމަތްތައް ފުޅާ ކުރުމުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އުރީދޫގެ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށް ކުންފުނީގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޖީބް ޚާން ވިދާޅުވީ، ޑިޖިޓަލް ހިދުމަތާއި އިންޓަނެޓުގެ ބޭނުން ރައްޔިތުންނަށް އެންމެ މުހިންމު ވަގުތަކަށް ވެގެން ދިޔައީ މި ބަލިމަޑުކަމުގެ ތެރޭގައި ކަމަށެވެ. އަދި ދިރިއުޅުމުގައި ހޯދަން ޖެހޭ ކޮންމެ ހިދުމަތެއް ވެސް ފުރިހަމަކަމާއި އެކު އެއްވެސް ޑީލޭއެއް ނެތި އިންޓަނެޓުގެ ޒަރިއްޔާއިން ހޯދުމުގެ ގާބިލުކަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ލިބިފައިވާކަން ނަޖީބް ފާހަގަ ކުރެއްވި އެވެ.

ނަޖީބް ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގައި މި ހިދުމަތް ފުޅާކޮށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އުރީދޫއިން އަބަދުވެސް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ކުންފުނީގެ ފަރާތުން އެކި ޕްރޮމޯޝަންތަކާއި، ޕްލޭންތައް ތައާރަފްކޮށް ކަސްޓަމަރުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެވުނުކަމަށް އޭނާ ވިދާޅުވިއެވެ.

މުޖްތަމައުގެ ތެރޭގައި މޯބައިލް ބްރޮޑްބޭންޑާއި، ފިކްސްބްރޯޑްބޭންޑުގެ ހިދުމަތް ފުޅާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި، ބޭނުމަކީ އެއްވެސް ރައްޔިތަކު ބާކީ ނުވެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރުންކަމަށް ނަޖީބް ޚާން ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ހިދުމަތެއްގެ ގޮތުގައި އޭނާ ފާހަގަ ކުރީ އާޗާ ޕްލޭންއެވެ. އަދި “މަގޭ ޕްލޭން” މެދުވެރިކޮށް، އެ ކަސްޓަމަރެއް ބޭނުންވާ ގޮތަކަށް ހިދުމަތްތައް ހޯދޭނެކަމަށް ނަޖީބް ވަނީ ވިދާޅުވެފައެވެ.

ނަޖީބު ވިދާޅުވީ އާ ޕްލޭންތައް ތައާރަފް ކުރުމުގައި އުރީދޫން އަބަދުވެސް މަސައްކަތް ކުރަނީ، އާއްމުން އަތް ފޯރާފަށެގައި އަގުތައް ބެހެއްޓުމަށް ކަމަށެވެ.

ނަޖީބް ޚާން ވިދާޅުވީ، އިންޓަނެޓުގެ އަގުތަކަށް ބަދަލު ގެނެސް، އާއްމުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އުރީދޫއިން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ނަޖީބް ވަނީ ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޓަނެޓު ވީހާވެސް ފަސޭހައިން އަގުހެޔޮކޮށް ކަސްޓަމަރުންނަށް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖެހުނުކަން ފާހަގަކޮށް ދަރިވަރުންނާއި، ޑޮކްޓަރުން އަދި ކޮވިޑު ފެސިލިޓީތަކަށް ހިދުމަތް ދިނުމުގައި މަސައްކަތް ކުރެވުނުކަމަށް ވިދާޅުވެފައެވެ.

ކުންފުނީގެ ހިދުމަތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކޮލަމްބޯއާއި ރާއްޖެއާއި ދެމެދު ސަބްމެރިން ކޭބަލްއެއް އެޅުމަށް ޖޮއިންޓްވެންޗާރ އެއްބަސްވުމެއްގައި އުރީދޫން ސޮއިކޮށްފައިވާކަމަށް ނަޖީބް ވިދާޅުވިއެވެ. މީގެއިން އިންޓަނެޓު ބޭނުން ކުރުމުގައި ފަސޭހަވެ، ކޮލިޓީ ހިދުމަތެއް ލިބޭނެކަން އޭނާ ފަހަގަ ކުރެއްވި އެވެ.

ނަޖީބް ހާން ދެއްކެވި ވާހަކައިގައި ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ހިދުމަތް ފޯރު ކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ދެއްވި އެވެ. އަދި ރާއްޖޭގެ އިންޓަނެޓް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އިތުރު ޕްލޭންތަކެއްގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: