ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ރައްކާތެރިކަން ދިނުމަކީ އެމްއެންޑީއެފްގެ މައްޗަށް ލާޒިމްކުރާކަމެއް: އުޝާމް

ކުރީގެ ޑެޕިޔުޓީ އެޓާނީ ޖެނެރަލް އަދި މިޙާރު ވިލިމާލެ ދާއިރާގެ މެމްބަރު އުޝާމް / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް ރައްކާތެރިކަން ދިނުމަކީ އެމްއެންޑީއެފްގެ މައްޗަށް ލާޒިމްކުރާކަމެއް ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުން ނަމަ އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ނަޝީދަށް އަމާޒުކޮށްފައިވާ ބޮން ގޮއްވައިލީ ސެކިއުރިޓީއާ އެކު ކެނެރީގެ އިން ނުކުމެވަޑައިގެން ހިންގަވާފައި ކާރުކޮޅާ ހަމައަށް ވަޑައިގެންނެވުނުތަނާ އެ ގޯޅި ކަންމަތިންނެވެ.

މިހަމަލާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީއަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ރައީސް ނަޝީދުގެ ސެކިއުރީ ފޯރުކޮށްދިނުމަށް ދަތިވާތީ، ނީލޯފަރު މަގުގައި ސައިކަލުތައް ޕާކު ނުކުރެވޭ ގޮތަށް ހަދައިދިނުމަށް އެދި އެމްއެންޑީއެފްއިން، މާލޭ ސިޓީ ކައުންސިލަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އަދި ރައީސް ނަޝީދަށް ބަޔަކު ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު މާރިޔާއަށް ކުރިން ލިބިވަޑައިގެންފައިވާ ކަމަށް މީޑިއާތަކުގައި ވާހަކަ ދެކެވުނެވެ. މާރިޔާ ވަނީ އެކަން ކަށަވަރުކޮށްދީ، ރާއްޖޭގެ މީޑިއާއަކަށް އިންޓަވިއެއް ވެސް ދެއްވާފަ އެވެ.

މިކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ރައްކާތެރިކަން ދިނުމަކީ ގާނޫނުއަސާސީންނާ ގާނޫނުތަކުން އެމްއެންޑީއެފްގެ މައްޗަށް ލާޒިމްކުރާކަމެއް ކަމަށާއި ދައުލަތުގެ ބަޖެޓުން 1.4 ބިލިއަން ރުފިޔާ ދެނީ މިފަދަ ގާނޫނީ ޒިންމާތައް އަދާކުރުމަށް ކަމަށެވެ.

”އެކަން ނުކުރެވުނީމަ އަދިވެސް އެހެންމީހުން މިގޯސްވަނީ. ޒިންމާ އަދާކުރައްވާ ނޫނީ އިސްތިއުފާ ދެއްވާ.” އުޝާމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: