ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލްގެ ހާލަތު ދެނެގަތުމަށް މެނޭޖުމަންޓު އޮޑިޓެއް ހަދަނީ

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލްގެ ހާލަތު ދެނެގަތުމަށްޓަކައި މެނޭޖްމަންޓް އޮޑިޓެއް ހެދުމަށް ގަސްދު ކުރައްވާފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތް ރަނގަޅަށް ފެށިގެންދާއިރު ކައުންސިލް އޮތް ހާލަތު ރަނގަޅަށް އެނގުމަކީ ކުރިމަގު ބައްޓަން ކުރުމުގައި މުހިންމުކަމެއް ކަމަށެވެ. އަދި އެހެން ކަމުން ހާލަތު ދެނެގަތުމަށް މެނޭޖްމެންޓް އޮޑިޓެއް ހަދަން ގަސްދުކުރައްވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

”މިކަން ކޮށްދޭނެ ފެންވަރު ރަނގަޅު ފަރާތެއް ހޯދަން ވަރަށް އަވަހަށް ގެޒެޓު ކުރެވޭނެ،“ މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރު ކަމުގެ ހުވާ ކުރައްވާ މަގާމާ މުއިއްޒު ހަވާލުވެލެއްވީ މިމަހުގެ 17ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: