އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރަން މިއަދު ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެންވައިރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެންް އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
Implementation of the import ban on single-use plastic is effective from today! (1st June 2021). Turning off the tap at the import of unnecessary single-use plastics is an important step taken in phasing out single-use plastic, and curbing plastic pollution in #Maldives. pic.twitter.com/hLmEMKXmZS
— Min. of Environment, Climate Change and Technology (@MoEnvmv) June 1, 2021
އެގޮތުން އެ މިނިސްޓްރީ އިން ބުނެފައިވަނީ، މިއަދު އަމަލު ކުރަން މި ފެށުނު އިސްލާހް ވެގެންދާނީ ރާއްޖެއިން އެެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްގެ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ކަމަށެވެ.
އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރުކުރުން މަނާކުރާނެ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 30 ގައެވެ.

