ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލައިން ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ފޮޓޯ- އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހުންނަ އައްޑޫގެ ފްލައިން ސްކޫލްގެ މައްސަލަ ބޮޑުވެ މިކަމަށް ހައްލެއް ނުގެނެވި ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ރާއްޖޭގައި ފްލައިން ސްކޫލެއް ހިންގާނެ ފަރާތެއް ހޯދަން އައިލެންޑް އޭވިއޭޝަން އިން އިއުލާންކޮށްފިއެވެ.

މޯލްޑީވިއަނުން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ ފްލައިން ސްކޫލު ހިންގަން މާލީގޮތުން ގާބިލު އަދި ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާހުރި ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. ނަމަވެސް ފްލައިން ސްކޫލް ހިންގަން ހުށައަޅާ ފަރާތްތަކުން ގައުމުން ބޭރުގައި ފްލައިން ދެ ސްކޫލް ހިންގުމުގެ ގާބިލްކަން ހުންނަން ޖެހޭނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. އަދި އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަ ކޮށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންކަމަށާއި، އެތަން ހިންގާނީ މިނިވަންކަމާއެކުކަމަށްވެސް ބުނެފައިވެއެވެ.

ފްލައިން ސްކޫލެއް ހިންގުމަށް ސަރުކާރުން ހުޅުވާލާފައި މިވަނީ އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް އިން ހިންގަމުން އަންނަ ފްލައިން ސްކޫލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. އައްޑޫގެ ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓި ދަރިވަރުންނަށް މާލީ ގޮތުންވެސް ބޮޑެތި ގެއްލުން ތަކެއްވަނީ ވެފައެވެ. އައްޑޫ ފްލައިން ސްކޫލާ މެދު ސަރުކާރުން ދަނީ މައްސަލަތައް ހައްލު ނުވެގެން ގާނޫނީ ފިޔަވަޅުވެސް އަޅަން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: